Advertisement

ދިގު ރަށު ގޮނޑުގައި މަރުވެފައި އޮއްވައި ފެނުނު ކުއްޖާގެ މަންމަ ކަމަށް ބެލެވޭ މީހާ އެދުނީ ޝަރީއަތް އަވަސްކޮށްދޭން

about 4 hours 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކްރައިމް ސީނެއްގައި ފުލުހުން ދަމާފައިވާ ޓޭޕެއް : ދިގުރަށު ގޮނޑަށް އެއްލާލާފައި އޮތް ކުއްޖާގެ މައްސަލާގައި ދައުވާކޮށްފައިވަނީ މަންމަ އަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދިގު ރަށު ގޮނޑުގައި މަރުވެފައި އޮއްވައި ފެނުނު ކުއްޖާގެ މަންމަ ކަމަށް ބެލެވޭ މީހާ އެދުނީ ޝަރީއަތް އަވަސްކޮށްދޭން

about 4 hours 0

ދިގުރަށުގައި ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެރަށު ކުނިގޮނޑަށް އެއްލައިލާފައިވާ މައްސަލަައިގެ ދައުވާ ލިބޭ، އެ ކުއްޖާގެ މަންމަ ކަމަށް ބެލެވޭ މީހާގެ ޝަރީއަތް އަވަސްކޮށްދޭން އޭނާ ކޯޓުގައި އެދިއްޖެ އެވެ.

ތުއްތު ކުއްޖަކު ކޮތަޅަކަށްލައި ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި މިދިޔަ އަހަރު ޑިސެމްބަރު 03، ގައި ފެނުނު މައްސަލައިގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ މަދަނީ މިންގަނޑުންނެވެ.

އެ މައްސަލާގައި ދައުވާ ކުރީ ސްރީލަންކާގެ ހިރަންޏާ ކުމުދުމާލީ ޑި އަލްވިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި, އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އަދި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި މި މައްސަލަ އާ ގުޅިގެން ދައުލަތުން ހުށައަޅާފައިވާ ޑީއެންއޭ ރިޕޯޓު ބަލައިގަތުމަށް މައްސަލަ ބައްލަވާ ގާާޒީ އިބްރާހިމް އިހުސާން ނިންމެވި އެވެ. އެއީ މައްސަލައިގައި ޑީއެންއޭ ރިޕޯޓު ހުށައެޅުމަށް ދައުލަތުން ރިކުއެސްޓު ކޮށްފައިވާތީ ކަމަށާއި، ހުށައެޅުމަށް ދިން މުއްދަތު ފަހަނަ އަޅާ ދިޔަކަމުގައިވި ނަމަވެސް ރިޕޯޓު ބަލައިގަތީ މުހިންމު ހެއްކަކަށް ވާތީ ކަމަށެވެ.

އެ މައްސަލައިގައި ދިފާއުން އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެ އެވެ. އަދި މި މައްސަލަ އާއި ގުޅިގެން ދިފާއުން ހުށައަޅަން ބޭނުންވާ ކަންތައްތައް ލިއުމުން ހުށައެޅުމަށް އެދިފައިވެ އެވެެ. އަދި އަންނަ މަހު ހަތެއްގެ ކުރިން ހުށައެޅުމަށް ގާޒީ ފުުރުސަތު ދިނެވެ.

ދައުވާ ލިބޭ ހިރަންޏާ ވަނީ މައްސަލަ އަވަސްކޮށްދިނުމަށް އެދި ކޯޓުގެ އިދާރާއަށް ދެ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ގާޒީ ވިދާޅުވީ ކޯޓުން ބޭރުން މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭނެ ކަމެއް ހުރިނަމަ އެކަމަށް އެއްބަސްވުމަށް ފަހު ކޯޓަށް ހުށައެޅުމަށެވެ. އެގޮތަށް ހުށައެޅުމުން މައްސަލަ އަވަސް ވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެއީ ހެކިންގެ ތެރެއިން މީހުން އުނިކޮށްގެން ކަމުގައިވި ނަމަވެހެވެ. ހުކުމެއް ނެތި މީހަކު ބަންދުގައި ބެހެއްޓުމަކީ އެންމެ އެދެވޭ ގޮތެއް ނޫންކަން ގާޒީ ވެސް ފާހަގަކުރެއްވި އެެވެ.

ކުއްޖާގެ އަޕްޑޭޓެޑް ޕޯސްޓްމޯޓަމް ރިޕޯޓު ހުށައެޅުމުގައި ލަސްތަކެއް ހުރިކަމުގައިވި ނަމަވެސް އެ ރިޕޯޓު ޝަރީއަތަށް ހުށައެޅުމުން އެ ބަލައިގަތުމަށް، ދެފަރާތުން ދައްކާ ވާހަކަ އަޑުއެހުމަށްފަހު ގޮތެއް ކޯޓުން ނިންމެވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލާއިގެ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ހިރަންޏާ އެ ކުއްޖާ ވިހެއީ އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅުމަށްފަހު ޑިސެމްބަރު 1ވަނަ ދުވަހުގެ ރޭ 10:00 އިން ޑިސެމްބަރު 3 ވަނަ ދުވަހުގެ ފަތިހު 5:00 އާ ދެމެދު އެވެ. އޭނާ ކުއްޖާ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށެވެ.

ވިހެއުމަށްފަހު އޭހާ ވަނީ ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހު ފަތިހުދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލައިލި ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.