މަޑިވަރު އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނުން ހުއްޓައިލަނީ

30 ސެޕްޓެންބަރު 2024 - 03:53 2

މުހައްމަދު ނަސީމް

މ

މަޑިވަރު އެއާޕޯޓް.: މިއީ ކުރެއްދޫ ހޯލްޑިންސްއިން ތަރައްގީކުރި އެއާޕޯޓެއް -- އަދަދު ފައިލް ފޮޓޯ


މަޑިވަރު އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނުން ހުއްޓައިލަނީ

30 ސެޕްޓެންބަރު 2024 - 03:53 2

ޅ. މަޑިވަރުގައި ހިންގާ މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނުން ހުއްޓައިލަން ނިންމައިފި އެވެ.

މަޑިވަރުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން "އަދަދު" އަށް މައުލޫމާތުދިން ގޮތުގައި އެ އެއާޕޯޓް ހިންގުން އައިއޭއެސް އިން ހުއްޓައިލާނެ ކަން މުވައްޒަފުންނަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި އައިއޭސްގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ އެވެ.

"އަދަދު" އަށް މައުލޫމާތު ދިން މުވައްޒަފުން ބުނި ގޮތުގައި އައިއޭސް އިން މަޑިވަރު ހިންގުން ހުއްޓައިލާނީ އޮކްޓޯބަރު 16، ގައި ކަމަށް މުމްތާޒް ވިދާޅުވި އެވެ. އެއަށް ފަހު އެ އެއާޕޯޓާ ހަވާލުވާނީ އެ އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންގްސް އިން ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އޮކްޓޯބަރު 16، ގައި މަޑިވަރުގެ މުވައްޒަފުން ވަޒީފާއިން ވަކިވާނެ ކަމަށް ވެސް މުމްތާޒް ވިދާޅުވި ކަމަށް މައުލޫމާތު ދިން މަސްދަރުތަކުން ބުންޏެވެ.

"އަހަރެމެންގެ ކަންބޮޑުވުމަކީ މިހާ ކުރު މުއްދަތެއް ދީފައި އަހަރެމެން މަގުމަތިވާ ގޮތަށް މިކަން ނިންމުން،" މަޑިވަރުން މި ނޫހާ ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

މަޑިވަރުގައި ޖުމްލަ 22 މުވައްޒަފަކު ތިބި އިރު އެ އެންމެނަށް ވެސް އައިއޭއެސް އިން ދިނީ އެއް ކަހަލަ ނޯޓިސް އެކެވެ. މިކަމާ ބެހޭ ގޮތުން އައިލެންޑް އޭވިއޭޝަނުގެ ބަހެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުރެއްދޫ ހޯލްޑިންގްސް އިން މަޑިވަރު އެއާޕޯޓު ހިންގުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެހެންވެ، އެއާޕޯޓުގެ އޮޕަރޭޝަންތައް އޮކްޓޯބަރު 16، ގައި ހުއްޓިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

25.00%

25.00%

25.00%

25.00%

މި ލިޔުން ކިޔާލުމުން


ޥަޒީފާ

7 months ago

ތިޔަވީ ހަމަ ރަނގަޅަށް ތިޔަތާ ތިބީ ސިޔާސީ މީހުން ލާފަތިބިމީހުން، ހައްގުނޫންގޮތުގަ ވަޒީފާ ހޯދާފަ ތިބިމީހުން

ވާނުވާ

7 months ago

މަޑިވަރު އެއަރޕޯޓެއް ނުހުއްޓޭނެ. ކަންބޮޑުވެގެނެއް ނޫޅޭ ބަޔަކު މި ނޫޙުން މީހުން ރުޅިއަރުވަން މަސައްކަތް ކުރަނީ. ޗަންޕާ އެ އެއަރޕޯޓް ހިންގަން ބޭނުންވެގެން އަތުލަނީ. ޗަންޕާ ބުނީ ހުރިހާ މީހުންވެސް ވަޒީފާއަށް ނަގާނެކަމަށް. ތިބީ ނައިފަރު ހިންނަވަރު މީހުން. އެއްވެސް މައްސަލައެއް ނެތް އެކަމަކު. މުސާރަވެސް ކުޑައެއް ނުވާނެ. މި ނޫހަކީ ރައްޔިތުން ރުޅިއެރުވުން. މި ކޮމެންޓު ނުޖަހާނެކަންވެސް އެނގޭ. އެކަމަކު ފެންނާނެތާ