29 ސެޕްޓެންބަރު 2024 - 02:19 4
އަޒްލިފާ އަބްދުﷲ
29 ސެޕްޓެންބަރު 2024 - 02:19 4
ފިޝަރީޒް މިނިސްޓްރީގެ ޓީމު ރަށްރަށުން ބޭރުކުރަން ފެށީ މި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ފިޝަރީޒު މިނިސްޓްރީގެ ޓީމު އިއްޔެ ގއ. ދެއްވަދޫން ބޭރުކުރާ ވީޑިއޯއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ "ރާއްޖޭގެ މަސްވެރިންގެ ހާލަތު މިހާ ހިސާބަށް ދިޔައީ ފާއިތުވަމުން މިދާ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން، މަސްވެރިންގެ އަތްމަތި ދަތިވެ، ދަރަނިވެރިވެ، އެބައި މީހުންގެ އާއިލާތައް މަގުމަތިވާ ހިސާބަށް ދިޔައީމަ" ކަމަށެވެ.
މެންބަރު އައްބާސްއަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުއާ ވަރަށް އަރިސް ބޭފުޅެކެވެ.
ނިމިގެން ދިޔަ ހަފުތާ ބަންދާ ދިމާކޮށް ފިޝަރީޒު މިނިސްޓްރީގެ ޓީމެއް ގއ. އަތޮޅަށް ދިޔައީ ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށެވެ. ނަމަވެސް، މަސްވެރިން ބޭނި މަސްކޮޅަށް ފައިސާ ނުލިބޭތީ އެކަމުގެ ރުޅީގައި އެ ޓީމު ރަށްރަށުން ބޭރުކުރި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއިން ބޭރުކޮށްލައިފި
"އަހަރުމެން މެންދުރު ނަމާދަށް ތިއްބާ ވަގަށް އެ ޓީމުން އެރީ. އެކަމަކު މަސްވެރިން ނުކުމެ އެމީހުން ބޭރުކޮށްލައިފި. މިހާރު ގޮސްފި،" އޭނާ ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއިން ބޭރުކޮށްލައިފި
"އަހަރުމެން މެންދުރު ނަމާދަށް ތިއްބާ ވަގަށް އެ ޓީމުން އެރީ. އެކަމަކު މަސްވެރިން ނުކުމެ އެމީހުން ބޭރުކޮށްލައިފި. މިހާރު ގޮސްފި،" އޭނާ ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އިސްކޮށް ހުންނެވި އެ ޓީމު، ގއ. ދާންދޫ، އަދި އެ އަތޮޅު ދެއްވަދޫން ބޭރުކުރި އެވެ. އަދި ރ. އަތޮޅު ދުވާފަރުގައި ވެސް އިއްޔެ މަސްވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެ ބެނާތައް ދަމައިފަ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނީ ކިރުވި މަހަށް ފައިސާ ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ 48 ގަޑިއިރުތެރެގައި ފައިސާ ދޭނެ ކަމަށެވެ. އަދި މަހުގެ އަގު ކިލޯއެއް 20ރ. ވުރެ ދަށް ނުކުރާނެ ކަމަށް ބުނުމަށް ފަހު މަސް ގަންނަ އަގު ވެސް ވަނީ ދަށްކޮށްފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ރައްޔިތުމީހާ
4 months ago
ދައްކަވަންހުރިތަނެއް ދައްކަވާނެ. އެމްޑީޕީ އާއެކު އިބޫ އަށް ސަނާކިޔަންތިބި ކުޑަ ޕާޓީއެއް، ދެވަނަބުރުގަ ޑރ.މުއިއްޒުގެ ބޯކާލައިގެން ގާތްވެ، އެތައް އިސް މަގާމުތަކެއް ހޯދާ، މެމްބަރުކަން ހޯދާ، އެއަށްފަހު ސަރުކާރަށް ބަވަންފެށީ. ކިހާސަޅި
ރައްޔިތުމީހާ
4 months ago
ދައްކަވަންހުރިތަނެއް ދައްކަވާނެ. އެމްޑީޕީ އާއެކު އިބޫ އަށް ސަނާކިޔަންތިބި ކުޑަ ޕާޓީއެއް، ދެވަނަބުރުގަ ޑރ.މުއިއްޒުގެ ބޯކާލައިގެން ގާތްވެ، އެތައް އިސް މަގާމުތަކެއް ހޯދާ، މެމްބަރުކަން ހޯދާ، އެއަށްފަހު ސަރުކާރަށް ބަވަންފެށީ. ކިހާސަޅި
ފާނާ ވަނިވި ވެރިކަން
4 months ago
ކެތް ކުރެވޭނީ ވަކިވަރަކަށް، ފައިސާ ނުދެނީވިއްޔާ ވާނީ ތިޔަހެން. މިހާރު ބައިނަލްއަގްވާމީ ބޭންކްތަކުން، އައި.އެސް.ޑީ.ބީ އިން ރާއްޖެއާއި ދޭތެރޭގައި އޮންނަ ކޮންފިޑެސްގެއްލިގެން ދާނެ. އެބޭފުޅުންނަށް ފެނިގެންދާނެ ވެރިކަމުގެ ނިޒާމު ބޮައްސުންލައި ގޮސްފައި އޮތްވަރު. މީގެ އިތުރުން ގައުމުގެ ހާލަތު އޮތްގޮތުން، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރަންވެސް ފަންޑު ނުލިބޭތަން ދެންފެނިގެންދާނީ.
ލާމު
4 months ago
200 އެތައް މިލިއަން ރުފިޔާ ނުދީހުރިއިރު ކުރެވުނުކެތެއް 17 މިލިއަން ރުފިޔާ ނުދެވި ހުރުމުން ނުވެވިގެން މިއުޅެނީ ކިހިނެއް ވެގެންބާ!.
Comment