Advertisement

ވިލާ ކޮލެޖުން 1،200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނި ވެއްޖެ، 71 ޕަސެންޓަކީ އަންހެނުން

29 ސެޕްޓެންބަރު 2024 - 07:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން: އެ ކޮލެޖުން 1،200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވިލާ ކޮލެޖުން 1،200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނި ވެއްޖެ، 71 ޕަސެންޓަކީ އަންހެނުން

29 ސެޕްޓެންބަރު 2024 - 07:00 1

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން 1،237 ދަރިވަރުން އިއްޔެ ދަސްވެނިވެއްޖެ އެވެ.

ދަރުބާރުގޭގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ހަފްލާގައި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަދި ސްކޫލް އޮފް ކޮމްޕިއުޓާ ސްޓަޑީޒްގެ ދަރިވަރުން ހިމެނެ އެވެ.

މި އަހަރު 53 ޕްރޮގްރާމްއަކުން ދަރިވަރުން ދަސްވެނިވިފައިވާއިރު، އޭގެ ތެރެއިން 15 ޕްރޮގްރާމަކީ ޔުނިވާރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ދަސްވެނިވުނު ދަރިވަރުންނެވެ. އަދި 38 ޕްރޮގްރާމްއަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ.

ވިލާ ކޮލެޖުން މިފަހަރު ދަސްވެނިވިގެން ދިޔަ ދަރިވަރުންގެ ތެރެއިން 71 ޕަސެންޓަކީ އަންހެން ދަރިވަރުން ކަމަށްވާއިރު 29 އިންސައްތައަކީ ފިރިހެން ދަރިވަރުންނެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން: އެ ކޮލެޖުން 1،200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަފުލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖަކީ ދަރިވަރުންގެ ކިޔެވުން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ހިތްވަރުދޭ ތައުލީމީ މުއައްސަސާއެއް ކަމަށާއި މިދިޔަ އަހަށްވުރެ މި އަހަރު އެ ކޮލެޖުން ދަސްވެނިވިފައިވާ ދަރިވަރުންގެ އަދަދު 10 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ފާހަގަ ކުރެއްވި ގޮތުގައި އެ ކޮލެޖުގެ ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން ނުވަތަ އެ ޕްރޮގްރާމްތައް ނިންމުމުން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ގްރެޖުއޭޓް އެޓްރިބިއުޓްތައް އަށަގަންނަގޮތަށެވެ.

އެ ސިފަތަކުގެ ތެރޭގައި ހިމެނޭ އިލްމު ހޯދުމުގެ ގާބިލުކަމާއި، ކަންކަން ތަރައްގީކޮށް ކުރިއެރުވުމުގެ ރޫހާއި ފަންނީ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާނެ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމަށް ހެޔޮ އަސަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން: އެ ކޮލެޖުން 1،200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ވައިސް ޗާންސެލާ ޕްރޮފެސާ، ސާ ސްޓީވެން ވެސްޓް ވަނީ ދަރިވަރުންގެ ކެރިއާ ކުރިއަށް ގެންގޮސް އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް ހިތްވަރު ދެއްވައި، ވިލާ ކޮލެޖަކީ ރާއްޖޭގައި ކިޔެވުމަށް އެންމެ ރަނގަޅު އެއް ކޮލެޖު ކަމަށް ވިދާޅުވެފަ އެވެ.

ހަފުލާގައި ފައުންޑާ އޮފް ވިލާ ކޮލެޖު، ގާސިމް އިބްރާހިމް ވިދާޅުވީ ދަސްވެނިވި ދަރިވަރުންނާ މެދު ފަހުރުވެރިވާ ކަމަށާއި ދިރިއުޅުމުގައި މޮޅުކަން ހޯދުމަށް ދަރިވަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ވިލާ ކޮލެޖަކީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން އުފެއްދުމަށް އިސްކަންދޭ މުއައްސަސާއެއް،" ގާސިމް ވިދާޅުވި އެވެ.

ވިލާ ކޮލެޖުން 2009-2024ގެ ނިޔަލަށް 21،200 ދަރިވަރުން ވަނީ ދަސްވެނިވިފަ އެވެ.