Advertisement

ސަރުކާރަށް ދިން ބޮޑެތި ދަަރަނިތަކަކީ ބީއެމްއެލްއަށް ކުރިމަތިވި ބޮޑު ރިސްކެއް: ޔާމީނު

28 ސެޕްޓެންބަރު 2024 - 06:52 1

މުހައްމަދު ނަސީމް

މ

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އެމަނިިކުފާނަކީ ބީއެމްއެލް ބޯޑުގެ މެންބަރުކަން ކުރިން ކުރެއްވި ބޭފުޅެއް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ސަރުކާރަށް ދިން ބޮޑެތި ދަަރަނިތަކަކީ ބީއެމްއެލްއަށް ކުރިމަތިވި ބޮޑު ރިސްކެއް: ޔާމީނު

28 ސެޕްޓެންބަރު 2024 - 06:52 1

Advertisement

Advertisement

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޮޑެތި އަދަދުތަކުން ތަކުރާރުޖޮށް ފައިސާ ދޫކުރަމުން ގެންދިއުމަކީ އެ ބޭންކަށް ކުރިމަތިވެފައި އޮތް ބޮޑު ރިސްކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސިފަކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައި، ޔާމީނު ވިދާޅީ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން މަސައްކަތްކުރަން ޖެހޭނީ ބޭންކަކީ "އެކްސެސިވްލީ" ރިސްކަށް ހުޅުވައިލެވޭ ތަނަކަށް ނުހަދަން ކަމަށާ އެ ބޭންކަކީ ވެންޗާ ލޯނު ދޭ ތަނެއް ނޫން ކަމަށެވެ. ބީއެމްއެލް އަކީ އެހާ ވަރަށް ރިސްކަށް ހުށަހެޅިގެންވާނެ ތަނެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ބީއެމްއެލް އިން ސަރުކާރަށް މިފަހުން ދޫކުރި ގާތްގަނޑަކަށް ބިލިޔަނެއްހާ ރުފިޔާ ދޫކުރީ ޔާމީނު ތުހުމަތުކުރެއްވި ގޮތުގައި އެ ބޭންކްގެ ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން އެކަން އެގޮތަށް ނުކުރަން ލަފާދީފައި ވަނިކޮށެެވެ.

"ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން މިއޮތީ ކަނޑައެޅިގެން މިކަން ނުކުރާން ބުނެފައި. އެއީ އޭގެ ކުރިން ވެސް ބޭންކުން ނަގައިފި 600 މިލިޔަން، ހަމަ ދިވެހި ދައުލަތުގެ މުވައްޒިފުންނަށް މުސާރަދޭން،" ޔާމީން ވިދާޅުވި އެވެ.

ބޭންކުން އެއް ކްލަޔަންޓެއްގެ ގޮތުގައި ސަރުކާރަށް އެހާ ގިނަ ފައިސާ ދަރަންޏަށް ދޫކުރުމުގައި އޮތް އެންމެ ބޮޑު ރިސްކަކީ ސަރުކާރުން އެފައިސާ އަނބުރާ ނުދައްކައިފި ހާލަތެއްގައި އެ ފައިސާ ހޯދަން ކުރެވޭނެ ކަމެއް ނެތުމެވެ.

Advertisement

"ދިވެހި ސަރުކާރު ގޮވައިގެން ދައުލަތަކުން ދައުވާއެއް ނުކުރެވޭނެ، ބޭންކަކަށް ދައުވާއެއް ނުކުރެވޭނެ. އެމްއެމްއޭ އަކުން މި ގެއްލުނު ފައިސާއެއް އަންޑަރައިޓެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ދޫކުރި ފައިސާ ނުހޯދި ހޭދަވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ލޯނު ދޫކޮށްގެން ބީއެމްލްއަށް އިތުރު ފައިސާ ހޯދަން ހުރަސް އެޅޭ ދުވަހެއް ކަމަށެވެ.

ބީއެމްއެލްގެ ބޯޑުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ޔާމީނު ވިދާޅުވީ ބޭންކްގެ ރިސްކް އެސެސްމެންޓް ޑިޕާޓްމަންޓުން ވަކި ގޮތަކަށް ކަމެއް ނުކުރަން ބުނެފި ނަމަ އެކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

"އެކަމަކު މިއޮތީ، ބޯޑުގައި މިހާރު ތިބީ ސިޔާސީ ބަޔަކަށް ވާތީ ބޯޑުން އެއޮތީ އެކަން ކޮށްފައި[ އެއް ކްލަޔަންޓެއްގެ ގޮތުގައި ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި]،" ޔާމީނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ބޭންކެއްގެ ބޯޑަށް ކަންތައް ކުރެވޭނެ ގޮތެއް ވެސް ނޫން ކަމަށެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ރޔފޭން

6 months ago

މިބޭފުޅާއަށް ނޭނގޭ ދާއިރާއެއް އަދި މައުލޫއެއްވެސް ނޯވޭ ދޯ؟ ޕީ އެން އެފް ޖަލްސާއެކޭ، ޔުނިވަސިޓީތަކުގެ ތީސީސް ހުށަހަޅައިދޭ ބައްދަލުވުމެކޭ މާ ބޮޑު ތަފާތެއް ނެތެވެ. ކޮންމެ ރެޔަކުވެސް ވާހަކަ ދައްކަން އެންމެ ބޭފުޅަކު އަރުވާފައި. ސުޕަވައިޒަރ އިނދެގެން ސުވާލު ކުރަނީއެވެ. ކޮންމެ ރެޔަކުވެސް އާ ފިލާވަޅެކެވެ. ސިޔާސީ ކަންތަކާ ދެން ނޫޅޭ ކޮލެޖެއް ހުޅުވާށެވެ.