Advertisement

ޓާގެޓަކީ ޔޫގާންޑާ ދެ މުބާރާތުން ވެސް މެޑަލް ހޯދުން

27 ސެޕްޓެންބަރު 2024 - 03:02 0

Advertisement


ޓާގެޓަކީ ޔޫގާންޑާ ދެ މުބާރާތުން ވެސް މެޑަލް ހޯދުން

27 ސެޕްޓެންބަރު 2024 - 03:02 0

Advertisement

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން، ޔޫގާންޑާގައި ކުރިއަށްދާ އިންޓަނޭޝަނަލް ދެ މުބާރާތުގައި ވެސް ވާދަކުރުމަށް އެ ގައުމުގައި މި ވަގުތު ތިބިއިރު، ޓާގެޓަކީ އެ ދެ މުބާރާތުން ވެސް މެޑަލް ހޯދުން ކަމަށް އެ ޓީމުގެ ނިބާލް އަހުމަދު ބުނެފި އެވެ.

ޔޫގާންޑާގައި މިއަދު ފެށި، ކެމްޕާލާ އިންޓަނޭޝަނަލް އާއި އަންނަ މަހުގެ 3-6 އަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްގައި ރިވައިވަލް އިން ޒަޔާން ޒަކީ، ނިބާލް އަދި ހަަސަން ޒަޔާން ވާދަކުރެ އެވެ.

Advertisement

ޔޫގާންޑާ ތިން ކުޅުންތެރިން ބަލިކޮށް ޒަޔާން މެއިން ޑްރޯ އަށް

ޔޫގާންޑާގައި މިއަދު ފެށި، ކެމްޕާލާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ބައިގެ ކޮލިފިކޭޝަނުގައި ކުޅުނު ތިން މެޗުން ޔޫގާންޑާ ކުޅުންތެރިން ބަލިކުރުމަށް ފަހު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހަސަން ޒަޔާން މުބާރާތުގެ މެއިން ޑްރޯ އިން ވަނީ ޖާގަ ހޯދައިފައި.

ޔޫގާންޑާ ތިން ކުޅުންތެރިން ބަލިކޮށް ޒަޔާން މެއިން ޑްރޯ އަށް

ޔޫގާންޑާގައި މިއަދު ފެށި، ކެމްޕާލާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ބައިގެ ކޮލިފިކޭޝަނުގައި ކުޅުނު ތިން މެޗުން ޔޫގާންޑާ ކުޅުންތެރިން ބަލިކުރުމަށް ފަހު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހަސަން ޒަޔާން މުބާރާތުގެ މެއިން ޑްރޯ އިން ވަނީ ޖާގަ ހޯދައިފައި.

ހަސަން ޒަޔާން ވަނީ ކެމްޕާލާ މުބާރާތުގެ ފިިރިހެން ސިންގަލްސް ކޮލިފިކޭޝަން ތިން މެޗުން މޮޅުވެ، މެއިން ޑްރޯ، ގަދަ 32 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދައިފަ އެވެ.

Advertisement

ފިރިހެން ސިންގަލްސް މެއިންޑްރޯގައި ރިވައިވަލްގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ ވެސް ކުޅޭނެ އެވެ. ޒަޔާން ޒަކީ ކުޅޭނީ ކޮލިފިކޭޝަނުން އައި އިންޑިއާގެ އަދިތުޔާ ގުޕްތާއާ އެވެ. ނިބާލް ބައްދަލުކުރާނީ ކޮލިފިކޭޝަނުން އައި އިންޑިއާގެ ކްރިޝް ދޭސާއީއާ އެވެ. ފިރިހެން ޑަބަލްސްގައި ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބައްދަލުކުރާނީ، ޔޫގާންޑާގެ އަކްރަމް ކަމޯގާ އާއި އަބްދުލް ސްވަބްރޫގެ ޕެއާއާ އެވެ.

"ވަރަށް ޓްރެއިނިން ވެސް ހެދިއްޖެ މި ދެ މުބާރާތަށް. ޓާގެޓަކީ މި ދެ މުބާރާތުން ވެސް މެޑަލެއް ހޯދުން." މުބާރާތާ ބެހޭގޮތުން، ނިބާލް ބުންޏެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ބުނީ، ރިވައިވަލް އިން ވާދަކުރާ އެހެން މުބާރާތްތަކެކޭ އެއްގޮތަށް މި މުބާރާތުގައި ވެސް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޔޫގާންޑާ ސީރީސް މުބާރާތުގައި، ފިރިހެން އިވެންޓްތަކުގެ އިތުރުން، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި، ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ، މިކްސް ޑަބަލްސް އިވެންޓްގައި ވެސް ވާދަކުރާނެ އެވެ. އެއީ، އެ މުބާރާތަށް ގައުމީ ޓީމުގެ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ ވެސް ޓީމާ ގުޅޭނެތީ އެެވެ.