Advertisement

މެންބަރު އައްބާސްގެ ދަރިފުޅު ހިމެނޭ ގޮތަށް އެމްޑީއޭއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުންތަކެއް ސަރުކާރުން ވަކިކޮށްފި

26 ސެޕްޓެންބަރު 2024 - 12:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


މެންބަރު އައްބާސްގެ ދަރިފުޅު ހިމެނޭ ގޮތަށް އެމްޑީއޭއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުންތަކެއް ސަރުކާރުން ވަކިކޮށްފި

26 ސެޕްޓެންބަރު 2024 - 12:12 0

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ދަރިފުޅު ހިމެނޭ ގޮތަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް އޮފިޝަލުންތަކެއް މަގާމުން ވަކިކޮށްފި އެވެ.

އެކަމުގެ މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީއޭގެ އަށް މެންބަރަކު މި ހަފުތާގެ ތެރޭގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އައްބާސްގެ ދަރިކަލުން އަހުމަދު މާއިޝް ވެސް ހިމެނެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ނައިބު ވަޒީރުންގެ ނަންތައް ހުންނަ ބައިން ވެސް އޭނާގެ ނަމާއި ފޮޓޯ މިހާރު ވަނީ އުނިކޮށްފަ އެވެ.

އެމްޑީއޭ އަކީ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ތާއީދުކުރީ ޕީއެންސީއަށެވެ. އެއާއެކު ރައީސް މުއިއްޒު އެކުލަވާލި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުން ފެށިގެން އެމްޑީއޭގެ މެންބަރުންނަށް ވަނީ މަގާމުތައް ދީފަ އެވެ.

އެ ޕާޓީގެ "ސްލޮޓު" ތަކުގައި ތިބި ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަން ސަރުކާރުން ނިންމާފައި މިވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވަނިކޮށެވެ. އެ ވާހަކަ މި ނޫހުން ރިޕޯޓު ކޮށްފައިވާނީ ސެޕްޓެމްބަރު 19، ގަ އެވެ.

ނަމަވެސް، މިހާތަނަށް ސިޔާމް އާއި ރައީސް މުއިއްޒު އާ ސިޔާސީ ދެބަސްވުމެއް ހިނގާފައިވާ ކަމަކަށް އަޑުފެތުރިފައެއް ނުވެ އެވެ. އެމްޑީއޭއަކީ ރައީސް މުއިއްޒު ކުރިން މަސައްކަތް ކުރެއްވި ޕާޓީ އެވެ.