ސިނގިރޭޓަކުން ނަގާ ޑިއުޓީ 5ރ. އަށް އަދި ވޭޕުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަނީ

ސިނގިރޭޓެއް އަދި ވޭޕެއް. މި ދެ ބާވަތުން ވެސް ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ސިނގިރޭޓެއް އަދި ވޭޕެއް. މި ދެ ބާވަތުން ވެސް ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ސިނގިރޭޓަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީއިން 2ރ. ބޮޑުކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައިން އިމްޕޯޓް ޑިއުޓީ ނަގަމުންދާ ރޭޓު 200 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ކަސްޓަމްސްގެ ޓެރިފް ތާވަލުގައި އޮތް ގޮތުން، ރާއްޖެ އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 3ރ. ޑިއުޓީ މިހާރު ދައްކަން ޖެހެ އެވެ. ޑިއުޓީ މުރާޖާކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 5ރ. އަށް މަތިކުރާނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

Advertisement

އޭގެ އިތުރުން, އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައިން އިމްޕޯޓް ޑިއުޓީ ނަގަމުންދާ ރޭޓު ވެސް 175 ޕަސެންޓުން ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން, މިހާރު 25 ޕަސެންޓުން ނަގަމުންދާ ޑިއުޓީ ޑިސެމްބަރުން ފެށިގެން 200 ޕަސެންޓަށް ބޮޑުކުރާނެ އެވެ.

އެ ކަރުދާހުގައި ސަރުކާރުން ބުނެފައިވާ ގޮތުގައި ވޭޕް ފްލޭވަރުން ނަގާ ޑިއުޓީ ވެސް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވަރާއި ކެމިކަލްގެ ކޮންމެ މިލިލީޓަރަކުން ނުވަތަ ގްރާމަކުން 5ރ. ގެ ޑިއުޓީއެއް ވެސް ނަގަން ވަނީ ނިންމާފަ އެވެ. މިހާރު ވެސް އެ ބާވަތްތަކަށް 200 ޕަސެންޓުން ޑިއުޓީ ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން މި ބަދަލު ގެނައުމާއެކު ދައުލަތުގެ އާމްދަނީއަށް އެވްރެޖުކޮށް 720 މިލިއަން ރުފިޔާ އިތުރުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox