Advertisement

އިމާމުންގެ މަހާސިންތާ 2024 ފަށައިފި, މިއީ ފުރަތަމަ ފަހަރު

21 ސެޕްޓެންބަރު 2024 - 11:44 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މިއަދު ހެނދުނު ބޭއްވި މަހާސިންތާގެ ތެރެއިން. މި މަހާސިންތާގައި އޮންލައިންކޮށް ވެސް އިމާމުން ބައިވެރިިވި ---ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އިމާމުންގެ މަހާސިންތާ 2024 ފަށައިފި, މިއީ ފުރަތަމަ ފަހަރު

21 ސެޕްޓެންބަރު 2024 - 11:44 0

އިމާމުންނަށް ދިމާވާ ގޮންޖެހުންތަކާއި އަދި އިދާރީގޮތުން ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިމާމުންގެ މަހާސިންތާ ފަށައިފި އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަަހަރަަށް ފެށި އިމާމުންގެ މަހާސިންތާ އެވެ. އަދި ކަންކަމުގައި އިމާމުން ހުށައަޅާ ހިޔާލުތައް ވެސް މި މަހާސިންތާގައި އަޑުއެހުން އޮންނާނެ އެވެ. މިއަދުގެ މަހާސިންތާގައި 388 އިމާމުން ހާޒިރުވެގެން ބައިވެރިވިއިރު އޮންލައިންކޮށް ވެސް އިމާމުން ބައިވެރިވި އެވެ.

އިމާމުންގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އިމާމުކަމުގެ ވަޒީފާއަކީ މުސާރައެއް ލިބޭ ވަޒީފާއަކަށް ކަމުގައިވި ނަމަވެސް ވަޒީފާ އަދާކުރަން ޖެހޭނީ ﷲ އަށްޓަކައި ކަމުގަ އެވެ.

"ދުނިޔެވީ ގޮތުން ލިބޭ މުސާރައަކީ ވެސް މުހިންމު އެއްޗެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ހިތުގަ އެކަމަށް އޮތް އެންމެ އިސް މަގާމަކަށްވާން ޖެހޭނީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި މަގާމަކަށް ވާތީ ކުރާ ކަމެއްގެ ގޮތުގަ" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އިމާމުންނަކީ މުޖުތަމައުއެއް ބިނާކުރުމަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. އަދި އިމާމުކަމުގެ ވަޒީފާއަކީ ވަރަށް މަތިވެރި އަދި އެ މަގާމު އުންމަތުގެ ހުރިހާ ހަލީފާއިންނާއި އިމާމުން ވެސް އަދާކުރެއްވި މަގާމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިމާމުންގެ މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމައުއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީނު ކުރެވޭނެ ކަމަށެވެ.