Advertisement

ޔުނިވާސަލް ފައުންޑޭޝަނުން ހުޅުމާލޭ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

21 ސެޕްޓެންބަރު 2024 - 10:47 0


ޔުނިވާސަލް ފައުންޑޭޝަނުން ހުޅުމާލޭ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

21 ސެޕްޓެންބަރު 2024 - 10:47 0

ވޯލްޑް ކްލީންއަޕް ޑޭއާ ގުޅިގެން ހުޅުމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ޔުނިވާސަލް ފައުންޑޭޝަނުން އިއްޔެ ކުރިއަށް ގެންގޮސްފި އެވެ.

އެ ޕްރޮގްރާމުގައި ޔުނިވާސަލް ކުންފުނީގެ 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. އިއްޔެގެ ހަރަކާތުގައި ހުޅުމާލޭގެ ބޮޑު ބައެއް ވަނީ ސާފުކޮށްފަ އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ބުނީ ވޯލްޑް ކްލީންއަޕް ޑޭގައި އެ ފައުންޑޭޝަނުން ބައިވެރިވުމުގެ މަގުސަދަކީ ތިމާވެށީގެ ގޮތުން ހޭލުންތެރިކަން މުވައްޒަފުންގެ މެދުގައި އާލާ ކުރުން ކަމަށެވެ.

ޔުނިވާސަލް ފައުންޑޭޝަނަކީ ދިވެހިންނަށް އެކި ދާއިރާތަކުން ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަނެކެވެ.

އެގޮތުން، މިއަދާ ހަމައަށް އެ ފައުންޑޭޝަނުން ވަނީ 100 އަށް ވުރެ ގިނަ ސްކޮލާޝިޕް ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަކުން ކިޔަވަން ވަރަށް ގިނަ ފުރުސަތުތައް އެ ފައުންޑޭޝަނުން ވަނީ ފަހިކޮށްދީފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތައް އަދި ވަކިވަކި މީހުންނަށް އެ ފައުންޑޭޝަނުން ވަނީ މިއަދާ ހަމައަށް އެއް މިލިއަނަށްވުރެ ގިނަ ޑޮލަރު ހަދިޔާކޮށްފަ އެވެ.

ކޮވިޑް-19 ފެތުރުނު ދުވަސްވަރު، އެ ފައުންޑޭޝަނުން ވަނީ މެޑިކަލް އިކުއިޕްމަންޓްސް އަދި މެޝިނަރީ ސަރުކާރަށް ހަދިޔާކޮށްފަ އެވެ.

ޔުނިވާސަލް ކުންފުނީގެ ދަށުން ރާއްޖޭގައި މިވަގުތު އަށް ރިސޯޓު އޮޕަރޭޓު ކުރެ އެވެ. އެއީ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކަނޑޮޅު މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.