Advertisement

މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގައި ހުރި ބާ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން ނަގަން ފެށުން -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ބައު ވެހިކަލްތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މާލޭގެ މަގުތައް ތަރުތީބު ކުރުމަށް ޓަކައި، ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފެށީ ފުލުހުންނާ ގުޅިގެންނެވެ.

ސިޓީ ކައުންސިލުގެ އޮފިޝަލަކު "އަދަދު" އަށް ބުނީ މަގުތަކުގައި އެއް އަހަރުވާއިރު ވެސް ބޭނުން ނުކުރާ ވެހިކަލްތައް އެބަ ހުރި ކަމަށާއި ބައެއް ވެހިކަލްތައް އިންޖީނު ނެތި ވެސް އެބަ ހުރި ކަމަށެވެ.

މާލޭގައި ހުރި ބާ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން ނަގަން ފެށުން -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


އެ ހުރިހާ ވެހިކަލްތައް ޓޯ ކުރުމަށްފަހު، ނައްތައިލުމުގެ ކުރިން އިއުލާން ކުރާނެ ކަމަށާއި މަގުތައް ތޮއްޖެހުން ކުޑަ ކުރުމަށް އެ ޕްރޮގްރާމް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލް ބުންޏެވެ.

"ވެހިކަލްތައް ޓޯ ކޮށްގެން ގެންދާނީ ޓޯޔާޑަށް. އެ އެއްޗެހި ނައްތައިލުމުގެ ކުރިން އިއުލާން ކުރާނެ. އެބަހުރޭ ނުދުއްވާ ގިނަ ދުވަސްވަންދެން ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް،" އޮފިޝަލް ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެން މާލޭގައި ހުރި ބާ ވެހިކަލް ނައްތާލުމަށް މިދިޔަ ފެބްރުއަރީ މަހު ފެށި ޕްރޮގްރާމުގެ ތެރެއިން 300 އެއްހާ ވެހިކަލް ނައްތައިލި އެވެ.

މާލެ ސިޓީގެ މަގުތައް ތޮއްޖެހި ދުއްވާ އެއްޗެހި ޕާކް ކުރާނެ ތަނެއް ނެތުމުން ގިނަ ބަޔަކު އަންނަނީ ގަވާއިދާ ހިލާފަށް ޕާކް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުން އަންނަނީ އެ ވެހިކަލްތައް ޓޯ ކުރަމުންނެވެ.