Advertisement

ހުލާސާކޮށް އިއްޔެ: ލަފަޔާ ހިލާފުވުން

21 ސެޕްޓެންބަރު 2024 - 06:12 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން އޯލްޑިވްސް ޝިޕިން ކޮމްޕެނީގެ ބޯޓަކަށް ތެޔޮ އަޅަނީ. -- ފޮޓޯ: އެމްޕީއެލް


ހުލާސާކޮށް އިއްޔެ: ލަފަޔާ ހިލާފުވުން

21 ސެޕްޓެންބަރު 2024 - 06:12 0

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ދޭން އިއްޔެ ފެށީ، އެންވަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދިން ލަފަޔާ ހިލާފަށް އެކަމަށް ބޭނުންވާ އެންވަރަމަންޓު އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ނުހަދާކަން އިއްޔެ ރިޕޯޓުކުރި އެވެ.

ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އީއައިއޭ ހެދުމަކީ ގާނޫނުގެ ދަށުން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. އެކަމަށް ބާރުދެނީ ތިމާވެށީގެ ގާނޫނުގެ ދަށުން 2012 ގައި ހެދި "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭހޭ ގަވާއިދު" އިންނެވެ. މި ގަވާއިދުގެ ދަށުން އީއައިއޭ ނުހަދާ މަޝްރޫއުތައް ފަށާ ފަރާތްތައް ޖޫރިމަނާ ވެސް ކުރެ އެވެ.

އެ ގަވާއިދުގެ ޖަދުވަލު ރ. ގައިވާ ގޮތުން ތެލާއި ގޭސް ބެހެއްޓުމާއި ގެންގުޅުމާއި އަދި ތެޔޮ ސާފުކުރުމާ ބެހޭ މަސައްކަތް ހިންގާ ތަންތަން ހެދުމުގެ ކުރިން އީއައިއޭ ހަދަން ޖެހޭނެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މި ގަވާއިދުގެ ދަށުން ބަންކަރިންގެ ހިދުމަތް ފެށުމުގެ ކުރިން އީއައިއޭ ހެދުމަށް އީޕީއޭއިން ލިޔުމުން އެންގި އެވެ. އީޕީއޭއިން ލިޔުން ފޮނުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށެވެ.

މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް އީޕީއޭގެ އިސް ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މި މަޝްރޫއަށް ހެދި އީއައިއޭއެއް އީޕީއޭއިން އާންމުކޮށްފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު