Advertisement

ތައިލެންޑުން ރާއްޖެ ގެނައި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

20 ސެޕްޓެންބަރު 2024 - 23:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާރާމާރީއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރި ދެ މީހުން -- ފޮޓޯ: ފުލުހުން


ތައިލެންޑުން ރާއްޖެ ގެނައި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

20 ސެޕްޓެންބަރު 2024 - 23:40 0

މިދިޔަ އަހަރު ސެޕްޓެމްބަރު 4، ގައި މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ތައިލެންޑުން ރާއްޖެ އައުމުން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކު ދޫކޮށްލައި އަނެއް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށްފައި ވަނީ ތައިލެންޑުން ރާއްޖެ އައި ވަގުތު. އެކަކު ހައްޔަރު ކުރީ ސެޕްޓެމްބަރު 18، ގައި. އަނެއް ދެ މީހުން ހައްޔަރު ކުރީ ސެޕްޓެމްބަރު 19، ގައި،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރީ ހ. ދޮންތުނޑި މުހައްމަދު އަހުސަމް، 26 އަދި މ. މަސްކޮތަންގެ މުހައްމަދު ސިބްތު އަބްދުﷲ، 19 އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ރާއްޖެއިން ފިލައިގެން ދިޔުމާއެކު، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުނު ކަމަށާއި އެ މީހުން ރާއްޖެ ގެނައީ ތައިލެންޑުން ޑީޕޯޓް ކޮށްލުމާ ގުޅިގެން ކަމަށެވެ.

މާރާމާރީއާ ގުޅޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.