Advertisement

ރާއްޖޭގައި އެވްރެޖުކޮށް އަންހެނުން އަހަރަކު އަށް ފަހަރު، ފިރިހެން ފަސް ފަހަރު ޑޮކްޓަރަށް ދައްކާ

20 ސެޕްޓެންބަރު 2024 - 18:21 0


ރާއްޖޭގައި އެވްރެޖުކޮށް އަންހެނުން އަހަރަކު އަށް ފަހަރު، ފިރިހެން ފަސް ފަހަރު ޑޮކްޓަރަށް ދައްކާ

20 ސެޕްޓެންބަރު 2024 - 18:21 0

ދިވެހިރާއްޖޭގައި އެވްރެޖުކޮށް އަންހެނުން އަހަރަކު އަށް ފަހަރު އަދި ފިރިހެނުން އަހަރަކު ފަސް ފަހަރު ޑޮކްޓަރަށް ދައްކާކަން ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތުު މިނިސްޓްރީން މިއަދު އާންމު ކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ޑޮކްޓަރަށް ދައްކަނީ ވެސް އަންހެނުންނެވެ. އެގޮތުން މިދިޔަ އަހަރު 1.7 މިލިއަން ފަހަރު އަންހެނުން ޑޮކްޓަރަށް ދެއްކި އެވެ. ފިރިހެނުން ޑޮކްޓަރަށް ދެއްކީ 1.4 މިލިއަން ފަހަރެވެ.

ސްޕެޝަލިސްޓުންގެ ތެރެއިން އެންމެ ގިނައިން ދައްކާފައި ހުރީ އަންހެނުން ގައިނެކޮލޮޖިސްޓުންނަށެވެ. ފިރިހެނުން ވެސް ގައިނީންނަށް ދެއްކި ނަމަވެސް އެއީ އެބާވަތުގެ ޑޮކްޓަރުންނަށް ދެއްކި މީހުންގެ ތެރެއިން އެންމެ ޕަސެންޓެކެވެ.

މުޅި އާބާދީއަށް ބަލާއިރު މިދިޔަ އަހަރު ރާއްޖޭގައި 3.1 މިލިއަން ފަހަރު ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. އެއީ 265،298 ފަހަރު އަދި ދުވާލަކު 8،722 ފަހަރެވެ. މާލޭގައި 1.4 މިލިއަން ފަހަރު މީހުން ޑޮކްޓަރަށް ދެއްކި އެވެ. އެހެން ރަށްރަށުން 1.7 މިލިއަން ފަހަރު ޑޮކްޓަރަށް ދެއްކި އެވެ.

މާލެ ފިޔަވައި ދެން އެންމެ ގިނައިން ޑޮކްޓަރަށް ދެއްކީ މާލެ ފިޔަވައި ދެން އެންމެ އާބާދީ ވެސް ބޮޑު އަތޮޅު އައްޑޫގަ އެވެ. އައްޑޫގައި 183،743 ފަހަރު ޑޮކްޓަރަށް ދެއްކި އެވެ. އެ އަތޮޅުގެ އާބާދީއަކީ 25،810 އެވެ. އޭގެ އިތުރުން އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދެއްކީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 165،795 ފަހަރު ޑޮކްޓަރަށް ދެއްކި އެވެ.

އެންމެ މަދުން މީހުން ޑޮކްޓަރަށް ދެއްކީ މ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މީހުން ޑޮކްޓަރަށް ދެއްކީ އެންމެ 32،767 ފަހަރެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ހެލްތު މިނިސްޓްރީން ހޯދާފައި ވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަދި ޕްރައިވެޓް ހޮސްޕިޓަލްތަކުންނެވެ. އެހެންކަމުން ޕްރައިވެޓް ކްލިނިކްތަކުގެ ނަންބަރުތަކެއް ތަފާސްހިސާބަކު ނެތެވެ.