Advertisement

ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު އާންމުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފި

ފޯނު ފޭރުނު މައްސަލާގައި ހައްޔަރުކުރި ނިޒާރު --- ފޮޓޯ: ފުލުހުން


ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު އާންމުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ ފޯނު ފޭރިގަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރިގަތް މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ރޭ 11:40 ހާއިރު ކަމަށެވެ. އެވަގުތު އެ ސަރަހަށްދަށް ފުލުހުން ގޮސް އެ މީހާ ހައްޔަރުކުރީ އާންމުންގެ އެހީތެރިކަމާއެކު ކަމަށް ވެސް ފުލުހުން މިއަދު ފޮނުވި މެސެޖުގައި ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު، 31، އެވެ.

ރޭ މި ހާދިސާ ހިނގި ވަގުތު އާންމުންގެ ބަޔަކު ނިޒާރު ހުއްޓުވައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯ ހިއްސާކުރި އެކައުންޓުން ބުނެފައި އޮތީ އެ ހާދިސާ ހިނގީ ޗާންދަނީ މަގުގައި ހުންނަ ފަތުރުވެރިންނަށް ހާއްސާ ސުވެނިއާ ފިހާރަތައް ކައިރިން ކަމަށެވެ.

މިއީ ރޭ މާލޭގައި ހިނގި ފޭރުމުގެ ދެވަނަ ހާދިސާ އެވެ.

ރަސްފަންނު ސަރަހައްދުގައި ތިބި ބިދޭސީންތަކަކަށް ބިރުދައްކާ ފޭރުނު މައްސަލައެއްގައި ވެސް ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ވަނީ ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިދޭސީންނަށް ވަޅިން ބިރުދައްކާފަ އެވެ.