Advertisement

ކުޅިވަރު ވުޒާރާ އާއި އެމްއެމްއޭ ކްލަބް މޯލްޑިވްސް ކްލަސިކްގެ ފައިނަލަށް

about 4 hours 0

ލަނޑު ޖެހުމަށް ފަހު ކުޅިވަރު ވުޒާރާ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ކުޅިވަރު ވުޒާރާ އާއި އެމްއެމްއޭ ކްލަބް މޯލްޑިވްސް ކްލަސިކްގެ ފައިނަލަށް

about 4 hours 0

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ފައިނަލަށް ކުޅިވަރު ވުޒާރާ ކްލަބާއި އެމްއެމްއޭ ސޯޝަލް ކްލަބް ދަތުރުކޮށްފި އެވެ.

އެ ގޮތުން، ކުޅިވަރު ވުޒާރާ އިން ވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި، 6-2 އިން ޓީމު ބަދަހި ބަލިކޮށްފަ އެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި ފޯރިގަދަ މެޗަކަށް ފަހު، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ ރަނަރަޕް، ކްލަބް 220 ގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ.

ސެމީ ފައިނަލްގެ ފުރަަތަމަ މެޗުގައި، ބަދަހި ޓީމުގެ ކެޕްޓަން، އާސިފް ހަނީފްގެ ގޯލުން އެ ޓީމުން ލީޑުނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ކުޅިވަރު ވުޒާރާގެ ކެޕްޓަން، އަހުމަދު އަލީ (އައްމަޑޭ) ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ.

ފުރަަތަމަ ހާފުގައި ބަދަހި ޓީމުގެ އަލީ ރިޒްވީން އާއި ކުޅިވަރު ވުޒާރާގެ އަހުމަދު ސާޖިދު އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފުގައި ބަދަހި ޓީމުގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، ކުޅިވަރު ވުޒާރާ ފެނިގެންދިޔައީ ރަނގަޅު ރޫހެއްގައި ކުޅެލިތަނެވެ. އެ ޓީމުން ދެ ވަނަ ހާފުގައި ލަނޑުތައް ޖެހީ، ސާޖިދު އަހުމަދު އިބްރާހިމް އާއި ނާއިފް ޝަފީގު އެވެ. ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މީގެ ތެރެއިން، ނާއިފް ޖެހި ޕެނަލްޓީއެއް، ބަދަހި ޓީމުގެ ކީޕަރު، ނުހާދު ވަނީ މަތަކޮށްފަ އެވެ.

އެމްއެމްއޭ އާއި ކްލަބް 220 ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ


ސެމީ ފައިނަލް ދެ ވަނަ މެޗުގައި، އެމްއެމްއޭ އިން ލީޑުނެގީ މުހައްމަދު މުބީން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އަހުމަދު ސާމިހު ލަނޑު ޖަހައި، ކްލަބް 220 އަށް އެއްވަރުކޮށްދިނެވެ.

އެހެން ނަމަވެސް، ދެ ވަނަ ހާފުގައި އެމްއެމްއޭގެ ކެޕްޓަން، މުހައްމަދު ނާއިފް ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅުކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަކުރަން، ކްލަބް 220 އިން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ސާމިހު އަށް ހުސްކޮށް ދެ ފުރުސަތެއް ލިބުނުއިރު، ޖެހި ޝޮޓްތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ކްލަބް 220 ގެ މުހައްމަދު ނިޝާހު ޖެހި ހަމަލާއެއް އެމްއެމްއޭ ކީޕަރު، އިބްރާހިމް ސަމީއު ވަނީ މަތަކޮށްފަ އެވެ.

އެމްއެމްއޭ އިން ކުރި ގިނަ އެޓޭކްތަކެއްގައި ލަނޑު ޖެހިޔަނުދީ ހިފަަހައްޓަން، ކްލަބް 220 ގެ ކީޕަރު، މިއުރާޝް އަފްރާހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.