Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ޗެމްޕިއަން ޑީޖޭއޭ ބަލިކޮށް ކުޅިވަރު ވުޒާރާ ސެމީ އަށް

17 ސެޕްޓެންބަރު 2024 - 09:46 1

ކުޅިވަރު ވުޒާރާގެ ސާޖިދު (މ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކްލަސިކް: ޗެމްޕިއަން ޑީޖޭއޭ ބަލިކޮށް ކުޅިވަރު ވުޒާރާ ސެމީ އަށް

17 ސެޕްޓެންބަރު 2024 - 09:46 1

ކްލަބް މޯލްޑިވްސް ކްލަސިކް މުބާާރާތުގެ ކުއާޓާ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އަތުން 7-1 އިން މޮޅުވެ، ކުޅިވަރު ވުޒާރާ ކްލަބް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި، ކުޅިވަރު ވުޒާރާ ނުކުންނަން ޖެހޭނީ ރޭ ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި، ތައުލީމީ ގުޅުން އަތުން 3-1 އިން މޮޅުވި، ޓީމު ބަދަހިއާ ދެކޮޅަށެވެ.

ކުޅިވަރު ވުޒާރާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ތަރި އަކީ، ސާޖިދު އަހުމަދު އިބްރާހިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސާޖިދު ވަނީ ދެ ގޯލު ޖެެހުމުގެ އިތުރުން ގިނަ ގޯލުތަކުގައި މުހިންމު ދައުރެއް އަދާކޮށް ޓީމުގެ ފަހަތުގައި ޑިފެންސްކުރުމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބަދަހި ޓީމުގެ އާސިފް (ކ) ތައުލީމީ ގުޅުމުގެ އިލްހާމް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ފުރަތަމަ ހާފު ނިމުނުއިރު، ކުޅިވަރު ވުޒާރާ 2-1 އިން ކުރީގައި އޮތް ނަމަވެސް، ދެ ވަނަ ހާފުގައި އެ ފަރަގު ބޮޑުކޮށް ތަފާތު ބޮޑު މޮޅެއް ހޯދީ އެވެ. ކުޅިވަރު ވުޒާރާގެ އަނެއް ގޯލުތައް ޖެހީ، މޫސާ ނަދީމް ހެޓްރިކެއްގެ އިތުރުން، އަހުމަދު ސާޖިދު އަދި ނާއިފް ޝަފީގު އެވެ.

ކުޅިވަރު ވުޒާރާ ޓީމުގެ ކީޕަރު، ހުސެއިން ނިހާދު އަށް ރަތް ކާޑެއް ދެއްކިއިރު، ޑީޖޭއޭ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައި، އިބްރާހިމް ނައީމް އެވެ.

ތައުލީމީ ގުޅުން ކޮޅަށް ބަދަހި ޓީމުގެ ލަނޑުތައް ޖެހީ، އާސިފް ހަނީފް، އިބްރާހިމް މުއާޒް އަދި އާދަމް އަޒުހާން އެވެ. ތައުލީމީ ގުޅުމުގެ ހަމައެކަނި ލަނޑު ޖެހީ، އިބްރާހިމް ހަސަން އެވެ.

ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ޔަގީންވާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗުންނެވެ. އެ ގޮތުން، މިރޭ ކުޅޭ ކުއާޓާ ފައިނަލް އެއް މެޗުގައި، ރައީސް އޮފީސް ކުޅޭނީ އެމްއެެމްއޭއާ އެވެ. އަދި އަނެއް މެޗުގައި، އެޗްއެސްޕީއެން ބައްދަލުކުރާނީ އެންމެ ފަހުގެ ރަނަރަޕް، ކްލަބް 220 އާ އެވެ. މެޗުތައް ފަށާނީ 20:30 ގަ އެވެ.