Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ސެމީ ފައިނަލުގައި ކްލަބް 220 އާއި އެމްއެމްއޭގެ ކުރިމަަތިލުމެއް

18 ސެޕްޓެންބަރު 2024 - 12:33 0

ލަނޑު ޖެހުމަށް ފަހު ކްލަބް 220 ގެ ސާމިހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ކްލަބް މޯލްޑިވްސް ކްލަސިކް: ސެމީ ފައިނަލުގައި ކްލަބް 220 އާއި އެމްއެމްއޭގެ ކުރިމަަތިލުމެއް

18 ސެޕްޓެންބަރު 2024 - 12:33 0

ކްލަބް މޯލްޑިވްސް ކްލަސިކް މުބާާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ސެމީ ފައިނަލުގައި އެމްއެމްއޭ ސޯޝަލް ކްލަބާއި ކްލަބް 220 ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެމްއެމްއޭ އިން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ޕްރެޒިޑެންޓްސް އޮފީސް ސޯޝަލް ކްލަބް އަތުން 2-0 އިން ބަލިކޮށްފަ އެވެ. އަދި ހައުސް ފޯ ޕީޕަލް ވިތު ސްޕެޝިއަލް ނީޑްސް (އެޗްޕީއެސްއެން) އަތުން 3-1 އިން މޮޅުވެ، ކްލަބް 220 އިން ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް އޮފީސް ކޮޅަށް އެމްއެމްއޭ ޓީމުން ލަނޑުތައް ޖެހީ، އެ ޓީމުގެ ކެޕްޓަން، މުހައްމަދު ނާއިފް އާއި މުހައްމަދު ފައިޒާމް އެވެ. މި މެޗުގައި ޕްރެޒިޑެންޓްސް އޮފީސް ޓީމަށް ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ކުޅުނުއިރު، އެ ޓީމަށް އަނިޔާގެ މައްސަލަ ވެސް ދިމާވި އެވެ.

މި މެޗުގައި ރައީސް އޮފީސް ޓީމުގެ، އަލީ އަހުތަރަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އެމްއެމްއޭ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


އެންމެ ފަހުގެ ރަނަރަޕް، ކްލަބް 220 އިން އެޗްޕީއެސްއެން ބަލިކުރިއިރު، ފުރަތަމަ ހާފުގައި ލީޑުނެގީ މުހައްމަދު ނިޝާހު އާއި އަހުމަދު ސާމިހު ޖެހި ގޯލުތަކުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އެޗްޕީއެސްއެންގެ ކެޕްޓަން، މުހައްމަދު ޝަހީމް ލަނޑު ޖަހައި އުންމީދެއް ހޯދައިދިނެވެ.

ސެމީ ފައިނަލުގެ ޖާގަ ކްލަބް 220 އަށް ޔަގީންކޮށްދިން ލަނޑު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސާމިހު އެވެ.

ކްލަބް މޯލްޑިވްސް ކްލަސިކްގެ ސެމީ ފައިނަލް މެޗުތައް އޮތީ މާދަމާ ރޭގަ އެވެ. އެ ގޮތުން، ފުރަތަމަ ސެމީ ފައިނަލް 20:15 ގައި ފަށާއިރު، ކުޅިވަރު ވުޒާރާ ކްލަބް ބައްދަލުކުރާނީ، ޓީމު ބަދަހިއާ އެެވެ. ބަދަހިން ހުރިހާ މެޗަކުން މޮޅުވެގެން، ސެމީ ފައިނަލަށް ދަތުުރުކުރިއިރު، ކުޅިވަރު ވުޒާރާއިން ވަނީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ ބަލިކޮށްފަ އެވެ.

ދެ ވަނަ ސެމީ ފައިނަލުގައި ކްލަބް 220 އާއި އެމްއެމްއޭ ކުޅޭ މެޗު 22:00 ގައި ފަށާއިރު، ސެމީ ފައިނަލުން މޮޅުވާ ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭގަ އެވެ.