Advertisement

ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ނޭޕާލް ޕޮލިސް އަތުން ބަލިވެ ވެމްކޯ އަށް އަމިއްލަ ބާރު ގެއްލިއްޖެ

20 ސެޕްޓެންބަރު 2024 - 08:22 0

ވެމްކޯ އާއި ނޭޕާލް ޕޮލިސް ކުޅުނު މެޗުގެ ތެރެއިން. --- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ނޭޕާލް ޕޮލިސް އަތުން ބަލިވެ ވެމްކޯ އަށް އަމިއްލަ ބާރު ގެއްލިއްޖެ

20 ސެޕްޓެންބަރު 2024 - 08:22 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ކްލަބް ޗެމްޕިއަންޝިޕް 2024 ގައި ނޭޕާލް ޕޮލިސް ކުލަބް އަތުން ބަލިވެ، ރާއްޖޭގެ ކުލަބް ވެމްކޯ އަށް ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

ވެމްކޯ އިން މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން, ސްރީ ލަންކާގެ އެއާފޯސްގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ދެ ވަނަ މެޗުގައި، ރާއްޖޭގެ ޕޮލިސް ކުލަބް ސީދާ ތިން ސެޓުން ބަލިކުރި ނަމަވެސް ތިން ވަނަ މެޗުގައި އުޒްބެކިސްތާންގެ ހޫމޯ ވޮލީ ކުލަބް އަތުން 3-1 ސެޓުން ވަނީ ބަލިވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ނޭޕާލް ޕޮލިސް އަތުން ވެމްކޯ ބަލިވީ, 3-2 ސެޓުންނެވެ.

މި ވަގުތުގެ ތާވަލަށް ބަލާއިރު، ނޭޕާލް ޕޮލިސް އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އުޒްބެކިސްތާންގެ ހޫމޯ އަށް 8 ޕޮއިންޓް ލިބިފައިވަނީ، ރޭ ރާއްޖޭގެ ޕޮލިސް އަތުން ތިން ސެޓުން އެ ޓީމު މޮޅުވުމުންނެވެ. ތިން ވަނައިގައި ރާއްޖޭގެ ވެމްކޯ އޮތީ ހަތް ޕޮއިންޓާ އެކު އެވެ.

މުބާރާތުގެ ލީގު ބުރުގެ އެންމެ މަތިން ނިންމާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ވެމްކޯ އަށް ފައިނަލުގެ ފުރުސަތެއް އޮތީ، ފަހު މެޗުގައި، އެ ޓީމުން ޑިއަމެޑް ބަލިކޮށް، އެއާފޯސް އަތުން ނޭޕާލް ޕޮލިސް ބަލިވެއްޖެނަމަ އެވެ.

ރޭ ވާދަވެރިކޮށް ފެނިގެންދިޔަ ވެމްކޯ އާއި ނޭޕާލްގެ ޕޮލިސް ސެޓުތައް ދިޔައީ 25-21, 20-25, 25-21, 25-18 އަދި 15-13 އިންނެނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގައި ވެމްކޯގެ ޖޫޒާން ޒަރީރް އަދި ބިދޭސީ ދެ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ގިނަ ޕޮއިންޓްތަކެއް ވެމްކޯ ޓީމުން ވަނީ ސްކޯކޮށްފަ އެވެ. އެއާއެކު މި ސެޓު ވެމްކޯ އިން ގެންދިޔައީ 25-21 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެންވެސް ވާދަވެރިކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސެޓުގެ މެދުތެރެއިން ނޭޕާލް ޕޮލިސް ޓީމުން ވަނީ މޮޅު ސާވިސްތަކެއް ކޮށް ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-20 އިންނެވެ.

ޖެހިގެން އައި ތިންވަނަ ސެޓުގައި ވެމްކޯ އިން ވަނީ ފުރަތަމަ ސެޓުގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރުކޮށްފަ އެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ 25-21 އިންނެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ވެމްކޯ ޓީމު ފެނިގެންދިޔައީ ދަށްކޮށެވެ. މި ސެޓުގައި ވެމްކޯގެ ރިސީވް ދަށްކޮށްފެނިގެންދިޔައިރު, މި ސެޓު ނޭޕާލް ޕޮލިހުން ކާމިޔާބުކުރީ 25-18 އިންނެވެ.

ފަސް ވަނަ ސެޓު ފަށައިގެންވެސް ނޭޕާލް ޕޮލިހުން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެކަމަކު ވެމްކޯ އިން ވަނީ ސެޓުގެ ފަހުކޮޅު ރަނގަޅަށް ކުޅެ, ނޭޕާލް ޕޮލިސްގެ މައްޗަށް ކުރިހޯދޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު މި ސެޓު ނޭޕާލް ޕޮލިހުން ވަނީ 15-13 އިން ގެންގޮސްފަ އެވެ.

ރާއްޖޭގެ ޕޮލިހުން އިއްޔެ ހޫމޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ތިން ސެޓުން ބަލިވިއިރު، ސެޓުތައް ދިޔައީ، 25-12، 25-15 އަދި 25-10 އިންނެވެ.

ލީގު ބުރަށް ފަހު އެއް ވަނަ އާއި ދެ ވަނަ ކުޅޭނީ ފައިނަލް މެޗެެވެ. ތިން ވަނަ އާއި ހަތަރު ވަނަ ބައްދަލުކުރާނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. އަދި ފަސް ވަނަ އާއި ހަ ވަނަ ކުޅޭނީ ރޭންކިން މެޗެވެ.