ޔޫއޭއީ ކުންފުންޏަކުން ނުއަގުގައި ކޭބަލްތަކެއް ގަތް ކަމުގެ ބޮޑު ތުހުމަތުތަކެއް ފެނަކައަށް އަމާޒުވެއްޖެ!

ޔޫއޭއީ ކުންފުންޏަކުން ނުއަގުގައި ކޭބަލްތަކެއް ގަތް ކަމުގެ ބޮޑު ތުހުމަތުތަކެއް ފެނަކައަށް އަމާޒުވެއްޖެ!

ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމުގެ ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.

"އަދަދު" އަށް ލިބުނު ލިޔެކިޔުމުން އެނގޭ ގޮތުގައި މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކޭބަލްތަކެއް ގަތުމަށް އަލްފާއަށް ޖުމްލަ 18 ޕާޗޭސް އޯޑަރު ހެދި އެވެ. އެ ޕާޗޭސް އޯޑަރުތަކުން އެނގޭ ގޮތުގައި ކޭބަލްތައް ގަތީ އެކި ރަށްރަށަށް ބޭނުންވާ ކަމަށް ބުނެ އެވެ. ނަމަވެސް މި ނޫހާ ވާހަކަ ދެއްކި އޮފިޝަލުން ބުނީ ކޭބަލްތައް ގަތީ މާކެޓު ރޭޓަށްވުރެ މާ ބޮޑު އަގެއްގަ އެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު އައިމަން އަދި ޑިރެކްޓާ އަބްދުލް ވާހިދު މުހައްމަދު އެޕްރޫވް ކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ޖުމްލަ އަގު ހިސާބު ކޮށްލުމުން 65.7 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ކޭބަލް ބޭނުންވާ ރަށްރަށަށް ވަރަށް ފަހުން ކޭބަލް ގަނެ ހަމަ ކުރި އެވެ. އިތުރަށް ކޭބަލް ގަންނަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް މި ނޫހާ ވާހަކަ ދެއްކި އޮފިޝަލުން ބުނެ އެވެ.

މިކަމާ ގުޅިގެން މުއާޒްއާ "އަދަދު" އިން ސުވާލު ކުރުމުން ކޭބަލްތައް ގަތުމަށް އަލްފާއަށް 18 ޕާޗޭސް އޯޑަރު ހެދި ކަމަށް އެއްބަސްވި އެވެ. ނަމަވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޭބަލްތައް ގެންނަން. މިހާރު ވެސް ގެންނަން. ކުރިއަށް އޮތް ތަނުގައި ވެސް ގެންނާނަން. ޕްރޮކިއުމަންޓް ޕްރޮސެސް ތެރެއިން ވިންވާ ބަޔަކަށް ދޭނީ. އަލްފާ އެނާޖީއަށް ވެސް ހުންނާނެ ދީފައި. ފަހުން ވެސް ހުންނާނެ ދީފައި. އުސޫލުގެ ތެރެއިން ދެނީ،" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ފެނަކައިގައި ރަށްރަށަށް ބޭނުންވާ ވަރަށް ކޭބަލްތައް މިވަގުތު ނެތް ކަމަށާއި ރަށްރަށުގައި ވޮލްޓޭޖް ޑްރޮޕްވާ މައްސަލައިގައި ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކޭބަލްތައް ބޭނުންވާ ކަމަށެވެ.

އެގޮތުން އެޗްވީ ކޭބަލް މިވަގުތު އެއްވެސް ވަރަކަށް ފެނަކައިގައި ނެތްކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ އެއީ އޯޑަރު ދިނުމުން ހައްދާ އެއްޗެއް ކަމަށާއި ރަށްރަށަށް އެލްވީ ކޭބަލް ވެސް ބޭނުންވާ ކަމަށެވެ.

ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކޮށްފައި އޮތްކަން ފާހަގަ ކުރެވޭ ނަމަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިޔުމަށް އެދޭ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"މިތާގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ޕްރޮކިއުމަންޓުން ޑީލްކުރާނީ. ދެން އެއްވެސް ބިޑެއް އޮތިއްޔާމުން ދާން ޖެހޭ ކޮމިޓީތަކަށް ގޮސް، ހޯދަން ޖެހޭ ބޯޑު އެޕްރޫވަލްއާ އެކީގައި ގޮތްތައް ނިންމާފައި ހުންނާނީ. ޕްރޮސެސް ފޮލޯކޮށްގެން ހުރިހާ ކަމެއް ކޮށްފައި ހުންނާނީ،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ ދަރަނި ބޮޑުވެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުން، ހަރަދު ކުޑަ ކުރުމަށް ކޮންޓްރެކްޓަށް ނަގާފައިވާ 700 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ދާދި ފަހުން ވަނީ މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ވެސް ކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox