Advertisement

ރާއްޖެއަށް އެތެރެ ކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

18 ސެޕްޓެންބަރު 2024 - 10:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް


ރާއްޖެއަށް އެތެރެ ކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

18 ސެޕްޓެންބަރު 2024 - 10:09 0

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފި އެވެ.

ކަސްޓަމުން ބުނީ މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ ހެރޮއިން، މެތެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯން ކަމަށެވެ.

އަތުލައިގަތް އެކި ބާވަތުގެ މަސްތުވާތަކެތީގެ ބަރުދަން:

  • މެތުއެމްފެޓަމިން - 315 ގްރާމް
  • ސިންތެޓިކް ކެތިނޯން - 215 ގްރާމް
  • ހެރޮއިން - 3،058 ގްރާމް

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއަށް ވައިގެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމުން ހާއްސަ ސަމާލުކަމެއްދީ، މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި މި އަހަރު ވެސް ވަނީ އަތުލައިގަނެފަ އެވެ.