Advertisement

އޮޑެގާޑްގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާ ދުރަށް

about 20 hours 0


އޮޑެގާޑްގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާ ދުރަށް

about 20 hours 0

ލަންޑަން (ސެޕްޓެމްބަރު 19) - އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑްގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވެ، ކުޅުމާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޮޑެގާޑް، 25، ގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވީ މި މަހު ނުވަ ވަނަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި، ނޯވޭ އިން އޮސްޓްރިއާ އަތުން 1-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި، އޮސްޓްރިއާގެ ކްރިސްޓޮފް ބޯމްގާޓްނާ ކުރި ޓެކަލެއްގައި އޮޑެގާޑަށް އަނިޔާވެ ބަދަލުކުރީ އެވެ.

އޭގެ ފަހުން، އޮޑެގާޑް ވަނީ އާސެނަލަށް އެނބުރި އައިސް ފަރުވާގެ މަސައްކަތް ފަށައިފަ އެވެ. އަދި ކުޑަހުޅުގެ ދުޅަ އެއްކޮށް ތިރި ވުމުން، ނެގި ސްކޭންތަކުން ދައްކާގޮތުގައި ލިގަމެންޓަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްވެފަ އެވެ.

"ޔަގީނުން ވެސް އޭނާ (އޮޑެގާޑް) އަށް މެޗުތަކެއް ގެއްލޭނެ، މި ބަލަނީ މާ ގިނަ ދުވަހެއް ނުވާނެ ކަމަށް،" ޗެމްޕިއަންސް ލީގުގައި މިރޭ އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ. "މުއްދަތެއް ހޭދަކުރަން ޖެހޭނެ ކުޅުމާ ދުރުގައި، މި ބަލަނީ، ގިނަ މަސްތަކެއް ނުވާނެ ކަމަށް،"

އޮޑެގާޑް ނުލައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި މޮޅުވެފަ އެވެ. އެޓަލަންޓާއާ ދެކޮޅަށް ކުޅުމަށް ފަހު، އާސެނަލުން ދެން ކުޅޭނެ މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.