Advertisement

ފެނަކައިގެ މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ކަނޑާލައިފި

18 ސެޕްޓެންބަރު 2024 - 14:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު: ފެނަކައިން ވަނީ މުވައްޒަފުން ޗުއްޓީ ނެގީމަ ދޭ އެލަވަންސް ކަނޑާލާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފެނަކައިގެ މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ކަނޑާލައިފި

18 ސެޕްޓެންބަރު 2024 - 14:12 0

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން އަހަރީ ޗުއްޓީ ނެގުމުން ދެމުންދިޔަ އަސާސީ މުސާރައިގެ 60 ޕަސަންޓަށްވާ ފައިސާ ދިނުން އެ ކުންފުނިން ހުއްޓާލައިފި އެވެ.

ފެނަކައިން އިއްޔެ އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގެ 17.1 ވަނަ މާއްދާގެ (ވ) ގެ ދަށުން ދެމުން އައި އެ ފައިސާ ހުއްޓާލަން ނިންމީ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ އެ ފައިސާ ދެމުން ދިޔައީ މިނިވަން ވޭޖު އައުމުގެ ކުރިން ކުންފުނީގެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރަ ކުޑަވުމާ އެކު، ޗުއްޓީ ނެގުމަށް ބާރު އެޅުމަށް ދެމުން އައި އެލަވަންސެއް ކަމަށާއި މިހާރު އެ އެލަވަންސް ދޭން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

"ކުރިން 2،000 އަދި 3،000 ބޭސިކް ސެލަރީއަށް ލިބޭނީ. އޭރު ޗުއްޓީއަށް ދާ މީހުންނަށް ޗުއްޓީއަށް ދިޔުމުން ލިބޭނީ ވަރަށް ކުޑަ އެއްޗެއް. އެލަވަންސެއް ނުއެއް ލިބޭނެ. މިނިމަމް ވޭޖް އައުމާ އެއްކޮށް ގާތްގަނޑަކަށް ޓޭޭކް ހޯމް މިނިމަމް ފެނަކައިން ލިބޭނެ 8،000ރ. އެ ހުރިހާ އެއްޗެއް ލިބުނީމަ ދެން މުސާރައިގެ ބޭސިކް ސެލެރީގެ 60 ޕަސަންޓް ނުޖެހޭނެ ދޭން،" މުޒާޒް ވިދާޅުވި އެވެ.

މި ބަދަލު ގެނައީ މާލީ ދަތިތަކާ ގުޅިގެން ނޫންކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ ބަދަލު ގެނައީ ކަންކަން ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ސަރުކާރު ކުންފުނިތަކުން ކުރާ ހަރަދުތައް ކުޑަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވެ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މަސައްކަތްތަކެއް ނުކުރެ އެވެ.

އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏަކަށް ފެނަކަ ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.