Advertisement

އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް

18 ސެޕްޓެންބަރު 2024 - 10:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ އާއި ވިލާ ކޮލެޖު ދެމެދު ތަމްރީން ފުރުސަތުތަކެއް ފަހިކޮށްދޭން ޕާޓްނާޝިޕެއް ހެދުން -- ފޮޓޯ: އުރީދޫ


އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް

18 ސެޕްޓެންބަރު 2024 - 10:12 0

ޑިޖިޓަލް ދުނިޔެއެއްގައި އަންނަން އޮތް ޖީލު ބާރުވެރިކުރުމުގެ މަގުސަދުގައި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އިއުލާނުކޮށްފި އެވެ.

އުރީދޫއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުންނަށާއި ކުރީގެ ދަރިވަރުންނަށް އާ މަގުތަކެއް ހުޅުވި، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެ، ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އެޗްއާރު ޑިރެކްޓަރު ފަޒްނާ މަންސޫރު ވިދާޅުވީ ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަންއަށް ޝައުގުވެރިވާ ދަރިވަރުންނަށް އަގުހުރި ތަމްރީނާއި އިންޓާންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކޮލަބަރޭޝަން ގެ ޒަރިއްޔާއިން މި ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީ، އަމަލީ ތަޖުރިބާއަށް މަގުފަހިކޮށްދީ، އިންޑަސްޓްރީގެ އިލްމާއި މެންޓަޝިޕް ފޯރުކޮށްދެވިގެންދާނެ." ފަޒްނާ މަންސޫރު ވިދާޅުވި އެވެ.

ޓެލެކޮމިއުނިކޭޝަނަކީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ހަލުވި ކަމާއެކު ކުރިއެރުމާއި އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އެއް ސިނާއަތެކެވެ. އެ ސިނާއަތް ކުރިއަރަމުން އަންނައިރު، އެކަމަށް ބޭނުންވަނީ އިލްމީ އަދި އުފެދޭ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ތިބި ހުނަރުވެރި މަސައްކަތްތެރިންނެވެ.

އުރީދޫ އާއި ވިލާ ކޮލެޖު ދެމެދު ތަމްރީން ފުރުސަތުތަކެއް ފަހިކޮށްދޭން ޕާޓްނާޝިޕެއް ހެދުން -- ފޮޓޯ: އުރީދޫ


ވިލާ ކޮލެޖާ އެކު ކުރިއަށްގެންދާ އެ ޕާޓްނާޝިޕް މެދުވެރިކޮށް އުރީދޫގެ އަމާޒަކީ ދާއިރާއިން ކުރިއެރުމަށް ބޭނުންވާ އަމަލީ ހުނަރާއި އިންޑަސްޓްރީގެ ވިސްނުން ދަރިވަރުންނަށް އަހުލުވެރިކުރުން ކަމަށް އުރީދޫ އިން ބުންޏެވެ.

"އިންޓާންޝިޕް، ޓްރެއިނިން ސެޝަންތައް އަދި ހޭންޑްސް އޮން ޓެކްނިކަލް އެކްސްޕީރިއަންސް ފޯރުކޮށްދީގެން، މި އިނީޝިއޭޓިވްގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މައިދާނަށް ނެރެދީ، މުސްތަގުބަލުގައި އަންނަ ކުރިއެރުންތަކަށް އަހުލުވެރިވެ، ގައުމުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުދިންކަން ކަށަވަރުވެގެންދާނެ،" އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އަށް ޓެލެކޮމިއުނިކޭޝަން ކެޓަގަރީން އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް މި އަހަރު ވަނީ ލިބިފަ އެވެ.

ބައިނަލްއަގްވާމީ އެ އެވޯޑަކީ މުވައްޒަފުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމާއި ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށްދޭ އެވޯޑެކެވެ.

ކުރިއެރުމާއި، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަދި ދެމެހެއްޓެނިވި އުނގެނުމަށް މަގުފަހިކޮށްދޭ މަސައްކަތްތަކަށް އިންވެސްޓްކޮށްގެން، އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް ކުރީ ސަފުގައި ފުރުސަތުތަކަށް މަގުފަހިކޮށްދެމުންނެވެ.