Advertisement

މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

17 ސެޕްޓެންބަރު 2024 - 17:12 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އެމްއެމްސީގެ ހަތްވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި މެންބަރުން ބައިވެރިވަނީ. މި ކައުންސިލުގައި 13 މެންބަރުން


މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

17 ސެޕްޓެންބަރު 2024 - 17:12 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) 10 މެންބަރުންގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިންފޮމޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިއްޔެ ގެޒެޓު ކުރި އިއުލާނުގައި ވާގޮޮތުން އެ ފުރުސަތު ހުޅުވާލީ މިހާރު ތިބި ބައެއް މެންބަރުންގެ ދައުރު ޑިސެންބަރު 14، އަށް ހަމަވާތީ އެވެ. އެއީ މީޑިއާތަކުން ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ތިން މެންބަރުންނެވެ.

އާންމު މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. އަދި, މީޑިއާ ތަމްސީލުކުރާ މަގާމުތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާން ޖެހެ އެވެ. އެއީ؛

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަޅު މީހެއް ކަމުގައި ވުން
  • ފާއިތުވެދިޔަ އަހަރެއް ތެރޭ ނޫސް މަޖައްލާއެއްގައި އެ މީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.

މީޑިއާ ކައުންސިލުގެ މެންބަރުކަަމަށް ކުރިމަތިލައްވަން ބޭނުންވާ މީހުން ސެޕްޓެންބަރު 25، ގެ ކުރިން އެ މިނިސްޓްރީގެ މެއިލަށް އެޕްލިކޭޝަން ފޮނުވުމަށް އެ އިއުލާނުގައި ވަނީ ބުނެފަަ އެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.