Advertisement

މާލޭގެ ބޭރު ތޮށި މަރާމާތު ކުރަން ޖަޕާނުން ދެ މިލިއަން ރުފިޔާ ދެނީ

17 ސެޕްޓެންބަރު 2024 - 13:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޭރު ތޮށި މަރާމާތު ކުރަން ޖަޕާނުން ދެ މިލިއަން ރުފިޔާގެ އެހީދޭން އެއްބަސްވެ ލިޔުމުގައި ސޮއިކުރަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ


މާލޭގެ ބޭރު ތޮށި މަރާމާތު ކުރަން ޖަޕާނުން ދެ މިލިއަން ރުފިޔާ ދެނީ

17 ސެޕްޓެންބަރު 2024 - 13:01 0

މާލޭގެ ބޭރު ތޮށިގަނޑު މާރާމާތު ކުރަން ޖަޕާނުގެ ސަރުކާރުން ދެ މިލިއަން ރުފިޔާގެ އެހީ ދޭން އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި މަސައްކަތަށް ޖަޕާނު ސަރުކާރުން ދެނީ 140،000 އެމެރިކާ ޑޮލަރު ނުވަތަ 2.15 މިލިއަން ރުފިޔާ ކަމަށެވެ. އެ އެހީ ދިނުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމަށް އެ ވުޒާރާގައި މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ.

އެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ މި އެހީގެ ދަށުން ތޮށިގަނޑަށް ގެންނަ މަރާމާތުގެ ޑިޒައިން ކުރެވިގެންދާނެ ކަމަށެވެ. މިއީ މާލޭގެ ރައްކާތެރިކަމާއި ރެޒިލިއެންސަށް މުހިންމު އެހީއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް ކުރިމަތިވެފައިވާ ގުދުރަތީ ގޮންޖެހުންތަކާއި ތިމާވެށީގެ ބިރުން އަރައިގަތުމަށް ޖަޕާނުން އަބަދުވެސް ވެދެމުންދާ އެހީއަށް މިނިސްޓަރު ޒަމީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މާލޭގެ ތޮށިގަނޑު މަރާމަތު ކުރުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭނެ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ވަށައިގެން މިހާރު މިއޮތް ތޮށިގަނޑަކީ ޖަޕާނުގެ އެހީގެ ދަށުން 1990 ގެ އަހަރުތަކުގައި ގާއިމުކުރި ތޮށްޓެކެވެ. މީގެ 20 އަހަރު ކުރިން 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުން ކުޑަކުރުމުގައި މި ތޮށިގަނޑުން ކުޅުން ރޯލު ޒަމީރު މިއަދު ފާހަގަކުރެއްވި އެވެ.