17 ސެޕްޓެންބަރު 2024 - 08:32 5
ލީވާން އަލީ ނާސިރު
17 ސެޕްޓެންބަރު 2024 - 08:32 5
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު އިންޓޭކަށް ބޭރަށް ފުރާ ދަރިވަރުންނަށް ފައިސާ ނުލިބި، ސަރުކާރުން އެ ދަރިވަރުން މާޔޫސްކޮށްލައިފި އެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން ކުރިމަތިލުމުން، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ނަމަވެސް, ސްޓޫޑެންޓް ލޯނުގައި ކިޔަވަން ފުރާ އެ ދަރިވަރުންނަށް ފައިސާ ހަމަނުޖެހި ދިގުލައިގެންދާތީ ބައެއް ދަރިވަރުންނަށް ނުފުރި އެހެން ދަރިވަރުން ފުރީ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ.
ސްޓޫޑެންޓް ލޯނުގައި ސެޕްޓެމްބަރު އިންޓޭކަށް މެލޭޝިއާއަށް ދިޔަ ދަރިވަރަކު "އަދަދު" އަށް ބުނީ ހަޔާ އެޑިއުކޭޝަނުން ލޯނު އެގްރީމަންޓު ނުފޮނުވާތީ އެގްރީމަންޓުގައި ސޮއި ނުކުރެވި މަހަކާ ގާތްވަމުންދިޔުމުން މެލޭޝިއާއަށް ދިޔައީ އާއިލާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
"އެގްރީމަންޓަށް އެދިފިން އޮގަސްޓް 26، ގައި. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަނަށް ތިން މެއިލް ފޮނުވުމުން ޖަވާބަކަށް ލިބުނީ އެކޮޅަށް މެއިލް ލިބުނު ކަމަށް އެކަނި. އެގްރީމަންޓް އަދިވެސް ނުފޮނުވާ. ކޯސްފީ އާއި މެލޭޝިއާއަށް ދިޔުމުގެ ހަރަދާއި އެކޮޅުގައި އުޅުމުގެ ހަރަދު ހަމަޖެއްސީ އާއިލާއިން،" އޭނާ ބުންޏެވެ.
އެ ދަރިވަރު ބުނީ ހަޔާ އެޑިއުކޭޝަނަށް ބަރޯސާވެގެން މަޑުކުރިނަމަ ސެޕްޓެމްބަރު 23، ގައި ކޮލެޖުގައި ކިޔެވުން ފެށޭއިރު ވެސް އެއްވެސް ކަމެއް ހަމަނުޖެހި ސެމިސްޓާގައި ކިޔަވަން ނުފެށޭނެ ކަމަށާއި ހަޔާ އެޑިއުކޭޝަނުން ފައިސާ ދޫކުރާނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށެވެ.
އެގޮތުން, އާއިލާއަށް ދަރާފައި އޮތް ފައިސާތައް ނުލިބިއްޖެނަމަ، އާއިލާއަށް މާލީ ގޮތުން ތާށިވެ އެ ފައިސާ ދެވޭނެ މަގެއް ނޯންނާނެ ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ.
ސަރުކާރުން ފައިސާ ނުފޮނުވައިގެން ދަރިވަރުން ނުތަނަވަސްކަމުގައި!
ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން މިދިޔަ ޖޫން މަހު ވެސް ހާލުގައި ޖެހުނު
ސަރުކާރުން ފައިސާ ނުފޮނުވައިގެން ދަރިވަރުން ނުތަނަވަސްކަމުގައި!
ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވާތީ ކުއްޔާއި ޓިއުޝަން ފީ ނުދެއްކި ބައެއް ދަރިވަރުން މިދިޔަ ޖޫން މަހު ވެސް ހާލުގައި ޖެހުނު
އިތުރު ދަރިވަރަކު "އަދަދު" އަށް ބުނީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބޭ މީހުން ނުފޫޒު ފޯރުވައިގެން ބައެއް ދަރިވަރުންނަށް ލޯނު ފައިސާ އަވަހަށް ހަމަޖައްސައިދޭ ކަމަށާއި އެގޮތުން ބައެއް އެ ދަރިވަރުން ސެމިސްޓާ ފެށެންވާއިރަށް ގައުމުތަކަށް ފުރާފައިވާ ކަމަށެވެ.
އޭގެއިތުރުން ބައެއް ދަރިވަރުންނަށް ފައިސާ ނުލިބޭތީ އެހެން ގޮތްގޮތުން ލޯނު ހޯދައިގެން ފައިސާ އެއްކޮށް، ކިޔަވަން ދާން ޖެހޭ ގައުމަށް ފުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ސްޓޫޑެންޓް ލޯނަށް އަލަށް ކިޔަވަންދާ ދަރިވަރުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ދޫކުރަނީ ދިގު ޕްރޮސެސްއެއްގެ ތެރެއިންނެވެ.
"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ސްޓޫޑެންޓް ލޯނުގައި ކިޔަވަން އަލަށް ދާ ދަރިވަރުންނަށް ފައިސާ ހަމަޖެއްސުމުގައި އަދި ޕްރޮސެސް ފުރިހަމަ ކުރުމަށް ހަޔާ އެޑިއުކޭޝަނަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.
ދަރިވަރުންގެ ހާލަތުގެ ސަރުކާރުން ގަބޫލެއް ނުކުރި
"ފައިސާ ޖަމާކުރާނެ ދުވަހެއް ނޭގޭތީ ކަންބޮޑުވޭ. މިތަނުގައި ތިބި މީހުންނަށް މިތަނުގެ ހާލަތު އެނގޭނީ. މާގިނަ ދުވަހު މިހެން ދެން ނުތިބެވޭނެ. މަގުމަތިވީމަ ވެސް ބުނާނެކަންނޭގޭ މަގުމައްޗެއް ނުވެއޭ އަދި ރަނގަޅޭ. އުޅޭ ތަން ދޫކޮށްލަން ޖެހިއްޖެނަމަ ދެން އަނެއްކާ ތަނެއް ހޯދަންޖެހޭނީ."
ދަރިވަރުންގެ ހާލަތުގެ ސަރުކާރުން ގަބޫލެއް ނުކުރި
"ފައިސާ ޖަމާކުރާނެ ދުވަހެއް ނޭގޭތީ ކަންބޮޑުވޭ. މިތަނުގައި ތިބި މީހުންނަށް މިތަނުގެ ހާލަތު އެނގޭނީ. މާގިނަ ދުވަހު މިހެން ދެން ނުތިބެވޭނެ. މަގުމަތިވީމަ ވެސް ބުނާނެކަންނޭގޭ މަގުމައްޗެއް ނުވެއޭ އަދި ރަނގަޅޭ. އުޅޭ ތަން ދޫކޮށްލަން ޖެހިއްޖެނަމަ ދެން އަނެއްކާ ތަނެއް ހޯދަންޖެހޭނީ."
ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރަނީ، ޔުނިވާސިޓީން އެ ދަރިވަރަކު މެދުނުކެނޑި ކިޔަވަމުންދާކަމުގެ ލިޔުމެއް ހަޔާ އެޑިއުކޭޝަނަށް ފޮނުވުމުންނެވެ. އެ ދަރިވަރުންނަށް ވެސް ފައިސާ ދޫކުރުމުގައި ހަޔާ އެޑިއުކޭޝަނަށް އަންނަނީ ދަތިތައް ދިމާވަމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އަލަށް ފުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ އޮފިޝަލް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ އެކު ގުޅިގެން ދަރިވަރުންނަށް ފައިސާ ދޫކުރުމަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ލޯނަށް ފައިސާ ދޫކުރަނީ އަޅުގަނޑުމެންގެ ކޭޝްފްލޯއަށް މައްޗަށް ބިނާކޮށް. އެހެންކަމުން ފިނޭންސުން ބައެއް ފަހަރު އެ ވާހަކަ ދައްކާލީމަ ހަމަޖައްސައި ދެވެން އޮތް ގޮތަކަށް ހަމަޖައްސައި ދެއްވާ. އޭރަކު އެ އޮންނަ ހުރިހާ އެއްޗެއް ކްލިއާކޮށްދެވޭތޯ ބައްލަވާ،" އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮސެސް ދިގުވުމުން ލޯނަށް އަލަށް ކިޔަވަންދާ ދަރިވަރުންނަށް ބައެއް ފަހަރު ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވާ އެ އޮފިޝަލް ވިދާޅުވީ ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ނޫޅޭނެ ކަމަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހޮޅި
6 months ago
ނަމަކަށް ކިޔާއެއްޗެއްނޫނޭމީ
ފާފު
6 months ago
ދަރިވަރުްނަށްވުރެ ނޫހުންހެން ހީވަނީ ކަންބޮޑުކޮށްލީ. ނޫހަށް އެނގޭތަ ވާނުވާ. ކީއްކަން ސަރުކާރަށް ވެގެންއުޅެނީ. އުޅެނީ ހަމައެކަނި ސްޓޫޑެންޓުންނެއްނޫން. އާންމު ބޭނުންތަކަށްވެސް ބޭރުފައިސާއޭ ކިޔާ އެއްޗެއް ބޭނުންވޭ. ކަލޭމެން ކައިބޮއިހަދަން، ނޫސްވެރިންގެ ކާރަށާ ސައިކަލަށް ތެޔޮއަޅަން. ކަލޭމެން ބަލިވީމާ ކާން ބޭސްގެންނަން. ކަލޭމެންގެ މައިންބަފައިންނަށް ދަރިންނަށް ބޭސްކޮށްދޭން. ދަރިން ކިޔަވާނެ ފޮތްފަންސުރު ހޯދަން، ކޮފީބޯން ކޮފީގެންނަން. މިކަހަލަ ދިގު ......
ގާފު
6 months ago
ނޭގޭވާހަކަ ނުދައްކާ އަޅުގަނޑަކީ ތިޔަ ލޯނުކަންތަކާ ވާނުވާ ނޭގިގެން އެތައްފަހަރަކު އެތަނަށްގުޅާމީހެއް، މިއިން ނޫހެއްގަވެސް އެވާހަކަނުޖަހާތީ ކަންބޮޑުވެގެން އެވާހަކަދެކި މީހެއް. ޝަރުތު ހަމަވާ އެއްމެނަށް ލޯނު ދޭންނިއްމީ ދެވޭނެތީ އެއްނޫންތަ. ލިސްޓު ނެރުނުތާ ކޮންދުވަހެއް
ޙހހގ
6 months ago
ބަލަގަ ލޯނު ދޭނަމޭ ބުނެފަ ނުދިނީމަ، އެވާހަކަ ދެއްކި މީހުން މި ގޯސްވީ.. ކޯސްތައް ފެށެނީ ވަކިދުވަސްވަރެއްގަ ކަމަށް ނޭގުމީ މިނިސްޓްރީގެ ފެއިލްވުމެއް.. ހަގީގަތަކީ ސިޔާސީ ބާރުވެރިން ނޫން ބަޔަކަށް ލޯނު ފައިސާ އަދި ނުދޭކަން.. ސަރުކާރަށް ކަމެއްވާނީ މީހުނަށް ވަޒީފާ ދީފައެއްނު.. ރޮނާލްޑޯ އާ މެސީއަށްވެސް އެގަައުމު ތަކުން މަޖިލިސް ރައީސްގެއިން އޮފާ އައިއްސަ އޮތް ކަމަށްވަނީ.. މިކަމާ ނުގުޅުނަސް މިވާހަކަ ބުނެލީ..
ކިލަމަންޑްސް
6 months ago
ލޯނު ފައިސާ ދަރިވަރުންނަށް ދެނީ ބޭރު ފައިސާއަކުން ނޫން. ދިވެހި ރުފިޔާއިން. ވާނުވާ ސާފުވެއްޖެބާ. ދަރިވަރަކާ ދިމާކޮށް ވާހަކަ ދައްކާލަބަލަ އޭރުން އެނގޭނީ
Comment