Advertisement

ހުރިހާ ބާރެއް އޮވެމެ، "ހަރާމް ހުކުމް" ކުރި ފަނޑިޔާރުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވައިފި

17 ސެޕްޓެންބަރު 2024 - 00:19 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު


ހުރިހާ ބާރެއް އޮވެމެ، "ހަރާމް ހުކުމް" ކުރި ފަނޑިޔާރުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވައިފި

17 ސެޕްޓެންބަރު 2024 - 00:19 1

އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ކުރީ "ހަރާމް ހުކުމެއް" ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި، ވެރިކަމަށް ވަޑައިގެން ހުރިހާ ބާރެއް ލިބުމުން ވެސް ހަރާމް ހުކުމް ކުރި ފަނޑިޔާރުންގެ މައްސަލަ ނުބަލަނީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ޖޭއެސްސީ އާއި ވެރިކަމާއި މަޖިލިސް ލިބިފައި އޮތްއިރު ވެސް އެމަނިކުފާނަށް ފުރަތަމަ ޖަލު ހުކުމް އިއްވެވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭރު ހުންނެވި އަލީ ރަޝީދުގެ މައްސަލަ އާއި ދެވަނަ މައްސަލައިގައި ހުކުމް ކުރެއްވި ފަނޑިޔާރު ޝަކީލްގެ މައްސަލަ ނުބެލެނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

"މިހާރުގެ ރައީސްއަކީ މުއިއްޒު، މުއިއްޒު އެ ވިދާޅުވަނީ އޭރު އަޅުގަނޑުމެން އިދިކޮޅުގައި ތިބިއިރު ރައީސް ޔާމީނަށް އެހުރީ ހައްގު ނޫން ހުކުމެއް ކޮށްފައޭ، ނުހައްގު ހުކުމެކޭ، ހަރާމް ހުކުމެކޭ ދެން ކިޔަމުން މިއައީ ދެއްތޯ؟ މިހާރު ރައީސް މުއިއްޒު އަތް މަތީގައި ނޫންތޯ އޮތީ މި ހަރާމް ހުކުމް ކުރި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން؟،" ޔާމީން ސުވާލު އުފެއްދެވި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލައަކަށް ވަނީ އެމީހުންގެ ވެށީގައި އުޅޭ މުވައްޒަފަކަށް ފުރައްސާރަ ކުރުމުން އެކަނިތޯ އާއި އެއަށްވުރެ ބޮޑެތި މައްސަލަތައް ސުލޫކީ މައްސަލައަށް ނުވަނީ ބޮޑެތިކަމުންތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑަށް ކަމެއް ކޮށްދޭކަށް ނޫން މިދައްކަނީ، އެކަމަކު ކުރިއަށް އޮތް ތަނުގައި ވެސް މިކަހަލަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ ކަންކަން މިއީ ކަނޑައެޅިގެން މިގޮތަށް ގާނޫނު ހަވާސާ ކޮށްފައި މިކުރާ ކަންަތައްތަަކާ ދޭތެރޭގައި ހަމަ ހަރުކަށި ފިޔަވަޅު އެޅުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ރަނގަޅު ބޭފުޅުން ނަމަވެސް އޭގެ ތެރޭގައި ތިބި ބަދު ބަޔަކު ކުރާ ނުރަނގަޅު ކަންތައްތަކަށް ފިޔަވަޅު ނޭޅޭ ކަމަށްވަންޏާ ދުވަހަކު ވެސް މި ގައުމުގައި އަދުލު އިންސާފު ގާއިމު ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ އިތުރުން ވެސް އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ހެން ވެސް އިދިކޮޅުގައި ތިބިއިރު، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

ވެރިކަމަށް ވަޑައިގެންނެވިއިރު، ވެސް ކެމްޕޭނު ޕޯޑިއަމްތަކުގައި އެންމެ ހަރުކޮށް ދެއްކެވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވިތާ ހަފުތާއެއްހައި ދުވަސް ތެރޭގައި މައްސަލަ ޖެހި، ރައީސް ޔާމީނާ ގުޅުވައި ޕީއެންސީގެ އިސްވެރިން ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ. ހާއްސަކޮށް ޔާމީނުގެ އެންމެ އަރިހުގައި ހުންނެވި، މިހާރުގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ޔަމީނަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންނެވެ.