Advertisement

ދައުރުން ބޭރުގެ ދެވަނަ ޖަލްސާ މިއަދު، އެޖެންޑާގައި ކުންފުނީގެ ބިލު އެކަނި

16 ސެޕްޓެންބަރު 2024 - 08:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދައުރުން ބޭރުގެ ދެވަނަ ޖަލްސާ މިއަދު ބާއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ


ދައުރުން ބޭރުގެ ދެވަނަ ޖަލްސާ މިއަދު، އެޖެންޑާގައި ކުންފުނީގެ ބިލު އެކަނި

16 ސެޕްޓެންބަރު 2024 - 08:41 0

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ބާއްވަން މިއަދަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާ ތާވަލުކުރީ ހެދުނު 9:00 އަށެވެ. އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ކުރުމާއި ވޯޓަށް އަހަން ޖެހޭ ކަންކަމަށް ވޯޓަށް އެހުން އެކަންޏެވެ.

ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު މި ބިލު ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގައި ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ.

އެ ރޭ ބޭއްވި ޖަލްސާގައި މި ބިލުގެ އިތުރުން ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް ފޮނުއްވި ނަމާއި އެ މަގާމަށް ކުރިމަތިލި އެހެން ބޭފުޅުންގެ ނަންތައް އިއްވުން އޮތެވެ. އެ ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ރައީސް ހުށަހެޅުއްވި، ހ. ޔެލޯރޯޒް، އައްބާސް ޝަރީފްގެ ނަމެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.

ޕީޖީގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮވެ އެވެ. ޝަމީމު ވަކިކުރީ 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގަ އެވެ.