Advertisement

އިކޮނޮމިކް މިނިސްޓްރީގެ ބައްދަލުވުމެއްގައި ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް

15 ސެޕްޓެންބަރު 2024 - 10:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިކޮނޮމިކް މިނިސްޓްރީ، އަދި ސަރުކާރުގެ އޮފިޝަލަކު އެއް ފޮޓޯތަކެއް ހިއްސާކޮށް ކުރި ޕޯސްޓެއް --- ފޮޓޯ: ސޯޝަލް މީޑިއާ


އިކޮނޮމިކް މިނިސްޓްރީގެ ބައްދަލުވުމެއްގައި ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް

15 ސެޕްޓެންބަރު 2024 - 10:29 0

އިކޮނޮމިކް މިނިސްޓްރީން އައްޑޫ ސިޓީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ހިންގި ކަމަށް ސަރުކާރުގެ އޮފިޝަލަކު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކުރަން އިވެންޓެއް ބޭއްވީ އިއްޔެ ސެޕްޓެމްބަރު 14، 2024، ހެދުނު 10:00 ގަ އެވެ. އެ އިވެންޓު ބޭއްވީ އައްޑޫ ސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލުގަ އެވެ.

ސައީދުގެ އިތުރުން މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު ބޭއްވި އެ ބައްދަލުވުމަކީ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ފޮނުވި ދައުވަތުގައި ބުނެފައިވެ އެވެ. އެ ބައްދަލުވުމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

އައްޑޫގައި ބޭއްވި ބައްދަލުވުމަށް އިކޮނޮމިކް މިނިސްޓްރީން ފޮނުވި ދައުވަތު ----


މި ބައްދަލުވުމުގެ ފޮޓޯތައް އިކޮމިނިކް މިނިސްޓްރީގެ ރަސްމީ އެކައުންޓުތަކުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ނަމަވެސް، ހަމަ އެ ފޮޓޯތަކާއެކު ސަރުކާރުގެ އޮފިޝަލަކު ވަނީ އެއީ ޕީއެންސީގެ މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ. ޕޯސްޓު ކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.

އެއާއެކު ބައެއް މީހުން ދަނީ މިކަމަށް ފާޑުކިޔާ، ޕީއެންސީ ހިންގުމާ ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް ބުނަމުންނެވެ.