Advertisement

ޖުލައި 31 ގެ އެކްސިޑެންޓު: ކާރުގައި ތިބި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

14 ސެޕްޓެންބަރު 2024 - 22:09 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން.


ޖުލައި 31 ގެ އެކްސިޑެންޓު: ކާރުގައި ތިބި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

14 ސެޕްޓެންބަރު 2024 - 22:09 0

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ ހިމެނޭ ގޮތުން، ކާރުގައި އެވަގުތު ތިބި ތިން މީހުންނަށް ދައުވާ ކުރަން ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެމީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުންނަށް ކުރަނީ ކޮން ދައުވާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައިގައި އޮގަސްޓް 1، ގައި ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެ، އިކްރާމުއްރަހުމާން އާއި މ.ލޭންޑް އޮފް ގާޑަން އިބްރާހިމް އިކްރާމް އަދި ގއ.ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރު ދިނެވެ.

އެ އެކްސިޑެންޓް ހިނގައިފައިވަނީ ކާރު ކޮންޓްރޯލުން ނެެއްޓިގެން ގޮސް، މަގުގެ އެއްފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު ސައިކަލުގައި އިން މީހާ ވިއްސައިގެން ދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ނަމަވެސް، އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކުރާމް ވަނީ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިސްތިއުނާފުގެ އަޑުއެހުމުގައި ފުލުހުން ދޮގު ބަޔާން ދިނުމުގެ ސަބަބުން އިކުރާމް ފުރަތަމަ މިނިވަންވި އެވެ. ނަމަވެސް، އާ ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.