Advertisement

މަސްތުވާތަކެތީގެ 76 ޕެކެޓާއި އެކު ހަތަރު މީހަކު ހައްޔަރުކޮށް، ޝަރުތުތަކާއި އެކު ދެމީހަކު ދޫކޮށްލައިފި

14 ސެޕްޓެންބަރު 2024 - 17:54 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން. މި ދެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފައި-- ފޮޓޯ:ފުލުހުން


މަސްތުވާތަކެތީގެ 76 ޕެކެޓާއި އެކު ހަތަރު މީހަކު ހައްޔަރުކޮށް، ޝަރުތުތަކާއި އެކު ދެމީހަކު ދޫކޮށްލައިފި

14 ސެޕްޓެންބަރު 2024 - 17:54 0

ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމެންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު ދިވެހިން ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ތިން ފިރިހެނުންނާއި ދިވެހި އަންހެނެކެވެ.

މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވާ ވ. ފައިވްފްލާވަރ، އަހްމަދު އަފްރާހް، 44އ، އަދި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، އަލީ ޢަބްދުﷲ، 48އ، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުދިނެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހުންގެ ވަނަވަރު، ފުލުހުން ހާމައެއް ނުކުރެ އެވެ.