Advertisement

ފުވައްމުލަކަށް ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް ގަޔަށް ވެއްޓި ހަތަރު މީހުންނަށް ހާނީއްކަވެއްޖެ

14 ސެޕްޓެންބަރު 2024 - 12:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބިއްލޫރިތަކެއް ވެއްޓި އަނިޔާވި މީހުންގެ ތެރެއިން އެކަކު -- ފޮޓޯ: ފޭސްބުކް


ފުވައްމުލަކަށް ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް ގަޔަށް ވެއްޓި ހަތަރު މީހުންނަށް ހާނީއްކަވެއްޖެ

14 ސެޕްޓެންބަރު 2024 - 12:32 0

ފުވައްމުލަކަށް ގެންގޮސް ބާލަން އުޅުނު ބިއްލޫރި ޝީޓުތަކެއް ވެއްޓި ހަތަރު މީހަކަށް ހާނީއްކަވެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އަނިޔާވީ ދެ ބިދޭސީންނާއި ދިވެހީންގެ ދެމީހުންނަށް ކަމަށެވެ. އެ ހަތަރު މީހުންނަށް ވެސް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ފައި ބިއްލޫރިތަކުގެ ދަށުގައިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:32 ހާއިރު ކަމަށާއި އެ ހަތަރު މީހުންނަށް އަނިޔާވި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.