Advertisement

އެޗްއާރްސީއެމްއިން ހައިދަރުއާ ބައްދަލުކޮށް ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދައިފި

12 ސެޕްޓެންބަރު 2024 - 15:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން މިނިސްޓަރާ ސުވާލުކުރުން -- ފޮޓޯ: އެޗްއާރްސީއެމް


އެޗްއާރްސީއެމްއިން ހައިދަރުއާ ބައްދަލުކޮށް ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދައިފި

12 ސެޕްޓެންބަރު 2024 - 15:35 0

މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ ބައްދަލުކޮށް ގެދޮރުވެރިޔާ މަޝްރޫއާގެ މައުލޫމާތު ހޯދައިފި އެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ބައްދަލުވުމުގައި ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

"ހައުސިން މިނިސްޓްރީއިން ގެދޮރުވެރިޔާ މަޝްރޫއާ ގުޅޭގޮތުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ އަދާ ހަމަ ވަނީ ހޯދިފައި،" އެޗްއާރްސީއެމްއިން ބުންޏެވެ.

އެޗްއާރްސީއެމްއިން ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި އެ މައްސަލައަށް އަވަސް މުއްދަތެއްގެ ތެރޭގައި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ހައްލު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ކޮމިޝަނުން އުންމީދު ކުރަނީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި އެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.