Advertisement

ހެލްތުން ހުއްދަ ނުނަގައި ސިއްހީ ފަރުވާދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

11 ސެޕްޓެންބަރު 2024 - 17:56 0

އަމަން ހަލީމް

އަމަން ހަލީމް

ހެލްތު މިނިސްޓްރީ ހުއްނަ އިމާރާތް: ހުއްދަ ނުނަގައި އެއްވެސް ސިއްހީ ފަރުވާގެ ހިދުމަތެއް ދިނުމަކީ ކުށެއް -- އަދަދު ފައިލް ފޮޓޯ


ހެލްތުން ހުއްދަ ނުނަގައި ސިއްހީ ފަރުވާދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

11 ސެޕްޓެންބަރު 2024 - 17:56 0

ހެލްތު މިނިސްޓްރިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އެއްވެސް ސިއްހީ ހިދުމަތެއް ދޭ ނަމަ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން މިއަދު ދީފި އެވެ.

ހެލްތުން މި އިންޒާރު ދިނީ، އޮލްޓަނޭޓިވް ބޭސް ފަރުވާގެ ނަމުގައި ހުއްދަ ނުނަގައި ދިވެހި ބޭހުގެ ހިދުމަތާއި ހިޖާމާގެ ހިދުމަތް ދެމުންދާ ކަމަށް ފާހަގަކުރަމުންނެވެ.

މިކަމާ ގުޅުވައި ހެލްތުން ނެރުނު އިއުލާނުގައި ބުނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް، އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށެވެ.

ސިއްހީ ހިދުމަތުގެ ގާނޫނު އޮތް ގޮތުން، އެއްވެސް ސިއްހީ ހިދުމަތެއް ދެވޭނީ ހެލްތު މިނިސްޓްރީގައި އެ ހިދުމަތް ދޭ ތަނެއް ރަޖިސްޓްރީ ކުރުމަށް ފަހު، އޮޕަރޭޓިން ލައިސެންސް ނަގައިގެންނެވެ. މިގޮތަށް ހުއްދަ ނުނަގާ ނޫނީ ލައިސެންސް ބާތިލުކޮށްފައި ވަނިކޮށް ހިދުމަތް ދީފިނަމަ، އެތަން ބަންދުކޮށް ގިނަ އަދަދެއްގެ ފައިސާއިން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ލިބެ އެވެ.

މި ފަދަ މައްސަލައެއް ފާހަގަވެއްޖެ ހާލަތެއްގައި އެ ތަނުގެ ވެރިފަރާތައި، އެތަނުގައި މަސައްކަތް ކުރާ މީހުން އެއީ ފަންނީ މީހަކަށްވާ ހާލަތުގައި ވެސް ފިޔަވަޅު އެޅުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮވެ އެވެ.