Advertisement

"ރޮބޯމޭން – ދަ މޫވީ" ގެ ޓިކެޓް ބުކިންއަށް ހުޅުވާލައިފި

10 ސެޕްޓެންބަރު 2024 - 15:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރޮބޯމޭން ދަ މޫވީ: ފިލްމުގެ ޓިކެޓު ވިއްކަން ވަނީ ފަށާފައި


"ރޮބޯމޭން – ދަ މޫވީ" ގެ ޓިކެޓް ބުކިންއަށް ހުޅުވާލައިފި

10 ސެޕްޓެންބަރު 2024 - 15:42 0

މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާގެ އުފައްދާ އެ ފިލްމަކީ އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ ފަރާތުން އުފައްދާ ފިލްމު "ރޮބޯމޭން – ދަ މޫވީ" ގެ ޓިކެޓަށް ބުކް ކުރަން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 26، އިން ފެށިގެން އޮލިމްޕަސް ސްކްރީނުގަ އެވެ.

އެ ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން 7656000 ނަމްބަރަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

ރޮބޯމޭން އަކީ ފާއިތުވި އަހަރުތަކުގައި ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ތަރި އެކެވެ.

ހާއްސަކޮށް ކުޑަކުދިންގެ ހިތުގައި ރޮބޯމޭން ވަނީ ހާއްސަ ޖާގައެއް ހޯދާފަ އެވެ. ރޮބޯމޭން ދަ މޫވީގެ އޮޑިޝަންގައިވެސް ވަނީ 100 އަށް ވުރެން ގިނަ ކުދިން ބައިވެރިވެފަ އެވެ.

މިދިޔަ މަހު ވަނީ އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިން، ފިލްމުގެ ޕޯސްޓަރު އަދި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފަ އެވެ.

އެ ފިލްމުގެ ޝޯތައް އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ވީހާވެސް ގިނަ ކުޑަކުދިންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެންދުރުފަހު އެވެ.

އެ ފިލްމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ފިލްމުގެ ބައެއް މަންޒަރުތައް ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނަށް ލިބޭނެ އެވެ. ރޮބޯމޭން ދަ މޫވީއަށް ހާއްސަ ސޯޝަލް މީޑިއާ ޕޭޖެއްވަނީ ތައާރަފްކޮށްފަ އެވެ.