Advertisement

ކްލަބް މޯލްޑިވްސް އާއި ފުޓްސަލް ވޯލްޑް ކަޕް ބަލަން މީޑިއާނެޓްގެ "ކިންގްސް ޕެކް" އެކްޓިވޭޓް ކޮށްލާ

5 ސެޕްޓެންބަރު 2024 - 11:46 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކްލަބް މޯލްޑިވްސްއާއި ފުޓްސަލް ވޯލްޑް ކަޕް ބަލަން މީޑިއާނެޓްގެ "ކިންގްސް ޕެކް" އެކްޓިވޭޓްކޮށްލައިގެން ފުރުސަތުތަކެއް


ކްލަބް މޯލްޑިވްސް އާއި ފުޓްސަލް ވޯލްޑް ކަޕް ބަލަން މީޑިއާނެޓްގެ "ކިންގްސް ޕެކް" އެކްޓިވޭޓް ކޮށްލާ

5 ސެޕްޓެންބަރު 2024 - 11:46 1

މީޑިއާނެޓްގެ މޮބައިލް އެޕްލިކޭޝަން ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން "ކިންގްސް ޕެކް" ގެ ނަމުގައި ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އެ ޕެކޭޖްގެ ދަށުން މިހާރު ކުރިއަށްދާ ރާއްޖޭގެ މަގުބޫލު ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް" އަދި ސެޕްޓެމްބަރު، 14 ގައި ފަށާ ފީފާ ފުޓްސަލް ވޯލްޑްކަޕް އެންމެ 199ރ. އަށް ބަލާލެވެ އެވެ.

"އެ ޕެކޭޖްގެ މުއްދަކަތީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 90 ދުވަސް،" މީޑިއާނެޓުން ބުންޏެވެ.

އެ ދެ މުބާރާތް ވެސް ނިމެނީ އޮކްޓޯބަރު ގައި ކަމަށް ވުމުން، އެ ޕެކޭޖް ނަގައިގެން މުބާރާތްތައް ވަރަށް ފަސޭހަ ކަމާއެކު ބަލާލެވެ އެވެ. އަދި އެ ދެ މުބާރާތް ދެއްކުމަށް ހަމަޖެހިފައި ވަނީ އައިސް ނެޓްވޯކްގެ ޗެނަލްތަކުންނެވެ.


އެ ޕެކޭޖުގެ ހާއްސަ ކަމަކީ އެ ޕެކޭޖު މެދުވެރިކޮށް މީޑިއާނެޓްގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ ކަމަށްވާ "ވީޑިއޯކްލަބް"ގެ ކޮންޓެންޓްގެ އިތުރުން 80 ޗެނަލް ބެލެ އެވެ. މީޑިއާނެޓްގެ ވީޑިއޯކްލަބް ޕްލެޓްފޯމުގައި ދިވެހި އަމިއްލަ އުފެއްދުންތަކުން ފެށިގެން ބޭރުގެ ފިލްމާއި ސީރީޒް ހިމެނެ އެވެ.

"ކްލަބް މޯލްޑިވްސް ކަޕް އަދި ފީފާ ފުޓްސަލް ވޯލްޑްކަޕް,ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވެގެންދާނެކަން ޔަގީން. އަދި މިއީ ކްލަބް މޯލްޑިވްސް ކަޕް އައިސް ނެޓްވޯކުން ދައްކާ ދެވަނަ އަހަރު ކަން ފާހަގަކޮށްލަން،" މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުގެ އެމް އެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބެލެ އެވެ.

އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް ފަހު - މީޑިއާނެޓު ކުއިކްޕޭ މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ހިޔާރު ކުރެވެ އެވެ.