Advertisement

ކޭން ނަމޫނާ އަކަށް ބަލަނީ ރޮނާލްޑޯ އަށް

10 ސެޕްޓެންބަރު 2024 - 11:35 0


ކޭން ނަމޫނާ އަކަށް ބަލަނީ ރޮނާލްޑޯ އަށް

10 ސެޕްޓެންބަރު 2024 - 11:35 0

ލަންޑަން (ސެޕްޓެމްބަރު 10) - ގައުމީ ޓީމަށް ވީހާ ވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ނަމޫނާއެއްގެ ގޮތުން ބަލަނީ ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން ބުނެފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ފިންލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗަކީ، ކޭން، 31، އިންގްލެންޑް ޓީމަށް ކުޅެދޭ 100 ވަނަ މެޗެވެ. ކޭން އަކީ 2014 ވަަނަ އަހަރުގެ ފަހުން އިންގްލެންޑަށް އެ އަދަދަށް މެޗު ކުޅެދޭނެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އެ ފަހަރު، 100 މެޗު ހަމަކުރި ވޭން ރޫނީ ވަނީ އިންގްލެންޑަށް 120 މެޗު ކުޅެދީފަ އެވެ. އެއީ، އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިން ލެޖެންޑަރީ، ކީޕަރު ޕީޓާ ޝިލްޓަން އަށް ވުރެ ފަސް މެޗު މަދުންނެވެ. ޝިލްޓަން ވަނީ 125 މެޗު ކުޅެދީފަ އެވެ.

ކޭން ބުނީ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުމުގައި އޭނާ ނަމޫނާ އަކަށް ބަލަނީ، ރޮނާލްޑޯ ކަމަށެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅެދިން 214 މެޗުން، 132 ގޯލު ޖަހައިދީފަ އެވެ.

"ރޮނާލްޑޯ އެ ކުޅޭ ކުޅުން ފެނިފަައި، އަހަރެން ވެސް ގައުމީ ޓީމަކަށް ގިނަ އަހަރުތަކެއް ކުޅެން ބޭނުންވޭ. އަހަރެން ބޭނުން ކެރިއަރުގައި ގައުމީ ޓީމަށް 100 ގޯލު ހަމަކުރަން ވެސް،" އިންގްލެންޑް ގައުމީ ޓީމަށް، 99 މެޗުން 66 ލަނޑު ޖަހާފައިވާ ކޭން ބުންޏެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކޭން ބުނީ، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާކުރާއިރު، މިހާރު މި ވަގުތަށް ބެލިޔަސް، ފަހުރުވެރިވާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އިންގްލެންޑަށް އެންމެ ފުރަތަމަ 2015 ވަނަ އަހަރު މެޗެއް ކުޅެދިން، ކޭންގެ ކެޕްޓަންކަމުގައި އިންގްލެންޑުން ވަނީ، އެންމެ ފަހުން ޔޫރޯގެ ދެ މުބާރާތުގައި ވެސް ފައިނަލުގައި ކުޅެފަ އެވެ.