ރޮނާލްޑޯ، ވެލެންސިއާ ގަންނަން އުޅޭ ވާހަކަ އަކީ ދޮގެއް

9 އޭޕްރީލް 2025 - 01:31 0


ރޮނާލްޑޯ، ވެލެންސިއާ ގަންނަން އުޅޭ ވާހަކަ އަކީ ދޮގެއް

9 އޭޕްރީލް 2025 - 01:31 0

މެޑްރިޑް (އޭޕްރީލް 9) - އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެއިނުގެ ވެލެންސިއާ ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ، ރޮނާލްޑޯގެ އެޖެންޓް، ޖޯޖް މެންޑޭސް ދޮގުކޮށްފި އެެވެ.

ފާއިތުވި ހަފްތާގައި ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި، ރޮނާލްޑޯ، 40، އަންނަނީ ސްޕެއިނުގެ ކްލަބް ވެލެންސިއާ ގަންނަން ނޫނީ އެ ކްލަބްގެ މައި ހިއްސާދާރަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ. އެއީ، ރޮނާލްޑޯ އާއި ވެލެންސިއާގެ ވެރިޔާ، ޕީޓަ ލިމް އަކީ ވަރަށް ގާތް ދެ ފަރާތްކަމަށްވާތީ އެވެ.

މީގެ އިތުރުން، ސްޕެއިނާއި ޔޫރަޕްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ރޮނާލްޑޯ، ވެލެންސިއާ ގަންނަން ކުރާ މަސައްކަތުގައި، ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް އެހީތެރިވާ ކަމަށް ވަނީ ހިމަނައިފަ އެވެ.

އެކަމަކު، ސްޕެއިނުގެ ނޫސްތަކުން، ރޮނާލްޑޯގެ އޭޖެންޓް، މެންޑޭޭސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުޓްބޯޅަ ކެރިއަރު މި ވަގުތު ކުރިއަށް ގެންދިއުމުގެ ފޯކަސްގައި ހުރި ރޮނާލްޑޯ އަދި ކްލަބެއްގެ އެޑްމިނިސްޓްރޭޝަންގެ އެ ފަދަ ކަމަކަށް ނުވިސްނަ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާ އެކު، މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ރޮނާލްޑޯ އަންނަނީ އެ ކްލަބާ އެކު އެއްބަސްވުން އާ ކުރަން މަޝްވަރާތައް ފަށައިފަ އެވެ.