Advertisement

ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ގެއެއްގެ ފުރާޅާއި ސީލިންގު ފޫ އަޅުވާލައިފި!

10 ސެޕްޓެންބަރު 2024 - 10:19 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ދަގަނޑު ސީލިންގު ފޫ އަޅުވާލައިފައިވާ ތަން---ފޮޓޯ: މާލެ ސިޓީ ކައުންސިލް


ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ގެއެއްގެ ފުރާޅާއި ސީލިންގު ފޫ އަޅުވާލައިފި!

10 ސެޕްޓެންބަރު 2024 - 10:19 0

މައްޗަންގޮޅީގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ޖެހިގެން ހުރި ގެއަށް ބޮޑު ދަގަނޑު ހޮޅިއެއް ވެއްޓި އެ ގޭގެ ފުރާޅާއި ސީލިންގު ފޫ އަޅުވާލައިފި އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވީ ކަމެއް ނޭނގެ އެވެ. ދަގަނޑު ހޮޅި ވެއްޓުނީ މއ. ބުލޫ ފީޗާ ގޭގެ ހަތް ވަނަ ބުރިންނެވެ. ހޮޅި ވެއްޓުނީ މއ. ބާބީލްއަށެވެ.

ފުލުހުން ބުނީ އެފަދަ މައްސަލަތައް ބަލާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލަށް ގުޅުމުން އެކަމަށް ޖަވާބެއް ނުދިނެވެ.

"ތިކަމުގައި ބޮޑަށް ރަނގަޅު ވާނީ މާލެ ސިޓީ ކައުންސިލުގެ ބަހެއް ހޯދިއްޔާ. އެ ފަރާތުން އެކަންކަމާ ހަވާލުވެ ހުންނާނީ" ފުލުހުންގެ މީޑިއާ އޮފިޝަލު ބުންޏެވެ.

މާލޭގެ ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާތަކެއް ވެއްޓި ޕޭވްމަންޓުން ހިނގާފައި ދިޔަ ކުޑަކުއްޖަކު މީގެ ކުރިން ވަނީ މަރުވެފަ އެވެ. ޑިސެމްބަރު، 2018، ރައުޝަން ޖިއާން، 9، މަރުވި ހާދިސާއަށްފަހު ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.