Advertisement

އެޓާނީ ޖެނެރަލްގެ އޮފީހަށް އާ ޕާމަނަންޓު ސެކްރެޓަރީއެއް

9 ސެޕްޓެންބަރު 2024 - 13:37 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އޭޖީ އޮފީހުގެ ޕާމަނަންޓު ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި ސުލްތާނާ ޝާކިރު -- ފޮޓޯ: އޭޖީ އޮފީސް


އެޓާނީ ޖެނެރަލްގެ އޮފީހަށް އާ ޕާމަނަންޓު ސެކްރެޓަރީއެއް

9 ސެޕްޓެންބަރު 2024 - 13:37 1

އެޓާނީ ޖެނެރަލްގެ ޕާމެނެންޓު ސެކްރެޓަރީގެ މަގާމަށް އައު ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އެކްސްގައި އެ އޮފީހުން ކުރި ޕޯސްޓެއްގައި ބުނީ އޭޖީ އޮފީހުގެ ޕާމަނަންޓު ސެކްރެޓަރީގެ މަގާމަށް އައްޔަނު ކުރީ ސުލްތާނާ ޝާކިރު ކަމަށެވެ.

ސުލްތާނާ ޝާކިރުއަކީ މީގެ ކުރިން ވެސް 2012 އިން 2019 އަށް އޭޖީގެ ޕާމަނެންޓު ސެކްރެޓަރީއެއްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.

އެއަށްފަހު އޭޖީގެ ޕާމަނަންޓު ސެކްރެޓަރީއެއްގެ މަގާމަށް އައްޔަނު ކުރުމާ ހަމައަށް އޭނާ ހުންނެވީ ދިވެހި ރާއްޖެގެ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމުގަ އެވެ.

ޕާމަނަންޓު ސެކްރެޓަރީ އަކީ އެ އޮފީހެއްގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންގެ އެންމެ އިސް ބޭފުޅާ އެވެ.