Advertisement

ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ އިސްތިއުފާ ދެއްވައިފި

9 ސެޕްޓެންބަރު 2024 - 09:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހިންނާ: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ހޯމްލޭންޑް


ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ އިސްތިއުފާ ދެއްވައިފި

9 ސެޕްޓެންބަރު 2024 - 09:49 0

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ހިންނާ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވުމަށްފަހެވެ.

މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހިންނާ ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފައި ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ މަގާމަށް ފަސް އަހަރުގެ މުއްދަތަށް ހިންނާ އައްޔަނު ކުރެއްވީ މި އަހަރުގެ ޖޫން 6، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ޖެނުއަރީ 31، ގައި އިސްތިއުފާ ދެއްވުމުންނެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން މީގެ ކުރިން ވެސް ފުރުއްވި ހިންނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އޭގެ އިތުރުން، ހޯމް އެފެއާޒްގެ ސްޕޯކްސްޕާސަންގެ މަގާމު ފުރުއްވައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގައި ވެސް ހިންނާ މަސައްކަތް ކުރެއްވި އެވެ.

ރާއްޖޭގެ އެކި ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިންނާ ވަނީ މާސްޓާ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ.

ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަނީ ވަކި ކޮށްފަ އެވެ. އޭނާ ވަކި ކުރި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.