Advertisement

ރައީސް އޮފީހުގެ މިނިސްޓަރު ނާސިރުގެ އަނބިކަނބަލުންނަށް ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ މަތީ މަގާމެއް

8 ސެޕްޓެންބަރު 2024 - 09:05 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ މިނިސްޓަރު ނާސިރު އާއި އަނބިކަނބަލުން ރައިހާނާ: ރައިހާނާއަށް ތުރުކީގައި ހުންނަ އެމްބަސީގެ މަތީ ވަޒީފާއެއް ވަނީ ދީފަ --- ފޮޓޯ: ފައިލް


ރައީސް އޮފީހުގެ މިނިސްޓަރު ނާސިރުގެ އަނބިކަނބަލުންނަށް ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ މަތީ މަގާމެއް

8 ސެޕްޓެންބަރު 2024 - 09:05 3

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުގެ އަނބިކަނބަލުން އައިޝަތު ރައިހާނާ، ތުރުކީވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މަތީ މަގާމަކަށް އައްޔަންކޮށްފި އެވެ.

"އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ރައިހާނާ އައްޔަންކުރީ އެ އެމްބަސީގެ ތާޑު ސެކްރެޓަރީގެ މަގާމަށެވެ. ނަމަވެސް އެކަން ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.

އެ މަގާމަށް ރައިހާނާ އައްޔަންކުރުމުގެ ކުރިން ހުންނެވީ ރައީސްގެ ރަސްމީގެ، މުލީއާގޭގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގަ އެވެ.

ތުރުކީގައި އެމްބަސީއެއް ގާއިމުކުރީ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްބަސީގެ ވަޒީފާ އަދާކުރައްވަން ރައިހާނާ ފުރައިވަޑައިގަތީ މިދިޔަ މަހު އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އެމްބަސީތަކަށް އައްޔަންކުރާ ފަރާތްތަކުގެ މުސާރަ މިހާތަނަށް ހާމަކޮށްފައި ނުވުމާއި، ތުރުކީ އެމްބަސީއަކީ މި ސަރުކާރުން ގާއިމުކުރި އެމްބަސީއެއް ކަމުން ރައިހާނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ ވަރެއް ނޭނގެ އެވެ.

ރައީސް މުއިއްޒުގެ "ކަނާތުގެ ގޮތުގައި" ކުރިން ފެނިގެން ދިޔަ އާދަމް ރަމީޒު، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ދުރުކޮށްލުމަށް ފަހު އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެން ދަނީ ނާސިރެވެ. އެ ދެ ބޭފުޅުން ގުޅުން ބަދަހިވީ ސިޓީ ކައުންސިލްގެ ތެރެއިންނެވެ. މޭޔަރަކަށް މުއިއްޒު ހުންނެވިއިރު، ނާސިރަކީ ކައުންސިލްގެ މެންބަރެކެވެ.