Advertisement

އަންޗެލޮޓީ އަށް ސައުދީ ކްލަބްތަކުގެ އޮފާތަކެއް ވަނީ ލިބިފައި

8 ސެޕްޓެންބަރު 2024 - 08:38 1


އަންޗެލޮޓީ އަށް ސައުދީ ކްލަބްތަކުގެ އޮފާތަކެއް ވަނީ ލިބިފައި

8 ސެޕްޓެންބަރު 2024 - 08:38 1

މެޑްރިޑް (ސެޕްޓެމްބަރު 8) - ރެއާލް މެޑްރިޑްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ އަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ އަށް މަސް ކުރިން އަންޗެލޮޓީ، ވަނީ ރެއާލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ. އެއީ، ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާން ލިބުނު ހުށަހެޅުމެއް ދޫކޮށްލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ސައުދީ ޕްރޯ ލީގުގެ ބައެއް ކްލަބްތަކުން އަންޗެލޮޓީ އަށް ހުށަހަޅާފައިވަނީ ރެއާލްގެ ކޮންޓްރެކްޓް ފުރިހަމަ ކުރުމަށް ފަހު އެ ޓީމުތަކާ ގުޅުމުގެ ފުރުސަތު އޮތް ގޮތަށެވެ. އެއީ، މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް ކޯޗަކަށް ދޭ އެންމެ ބޮޑު މުސާރަ ލިބޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، 2026 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން، އަންޗެލޮޓީ، ރެއާލް ދޫކޮށްލާނެ އެވެ. ދެން، ރެއާލާ ހަވާލުވާނެ ކޯޗުކަމަށް ބެލެވެނީ، ބަޔާ ލެވަކޫސަންގައި ހުރި ރެއާލްގެ ކުރީގެ ކުޅުންތެރިޔާ، ޒަބީ އަލޮންސޯ އެވެ. އަލޮންސޯ، ލެވަކޫސަނާ އެކު ހެދި ކޮންޓްރެކްޓް ވެސް ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ.

އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ. އަންޗެލޮޓީ ވަނީ ކޯޗިން ކެރިއަރުގައި، އިޓަލީގެ ރެޖިއާނާ، ޕާމާ، ޔުވެންޓަސް، އޭސީ މިލާން އަދި ނަޕޯލީގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އާއި އެވަޓަން، ފްރާންސްގެ ޕީއެސްޖީ އަދި ޖަރުމަނުގެ ބަޔާން މިއުނިިކަށް ކޯޗުކޮށްދީފަ އެވެ.

ކެރިއަރުގައި ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ހަވާލުވީ، 2021 ވަނަ އަހަރު އެވެ. އެއީ އެވަޓަން ދޫކޮށްލުމަށް ފަހު އެވެ.