Advertisement

އެމްބާޕޭ ގެއްލުމަކީ ޕީއެސްޖީ ރައީސަށް މައްސަަލަ އަކަށް ނުވި

8 ސެޕްޓެންބަރު 2024 - 08:37 0


އެމްބާޕޭ ގެއްލުމަކީ ޕީއެސްޖީ ރައީސަށް މައްސަަލަ އަކަށް ނުވި

8 ސެޕްޓެންބަރު 2024 - 08:37 0

ޕެރިސް (ސެޕްޓެމްބަރު 8) - ހިލޭ ޓްރާންސްފާއެއްގައި ޓީމުގައި ހުރި އެންމެ މުހިންމު ތަރި، ކީލިއަން އެމްބާޕޭ ގެއްލުނު ނަމަވެސް، އެއީ ބޮޑު ގެއްލުމެއް ނޫން ގޮތަށް ދޭހަވާ މޭރުމަކުން، ޕީއެސްޖީގެ ރައީސް، ނާސިރު އަލް ހަލީފާ ވާހަކަ ދައްކަވައިފި އެވެ.

މިދިޔަ އަހަރުތަކުގައި ތަކުރާރުކޮށް، ރެއާލުން އެމްބާޕޭ ހޯދަން މަސައްކަތް ކުރި ނަމަވެސް، ޕީއެސްޖީން ވަނީ އޭނާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެއް ފަހަރު، އެމްބާޕޭ ލައްވައި، ކޮންޓްރެކްޓް ވެސް އާ ކުރި އެވެ. އެކަމަކު، މިދިޔަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި، އެމްބާޕޭ ވަނީ އެ އެއްބަސްވުން ހަމަކޮށް، ހިލޭ ޑީލެއްގައި، ބޮޑު އަގުގެ ކޮންޓްރެކްޓެއްގައި މި އަހަރު ރެއާލަށް ސޮއިކޮށްފަ އެވެ.

ޕީއެސްޖީގެ މި ވަގުތުގެ ހާލަތާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން، ނާސިރު ވިދާޅުވީ، މިދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު، ޕީއެސްޖީ ޓީމު ބަދަލުވަމުން އަންނަނީ ޔޫތާއި ހުނަރު އަދި މުސްތަގުބަލަށް ވަރަށް އެއްބައިވަންތަ ޓީމެއްގެ ގޮތުގައި ކަމަށެވެ.

"މިއީ މި ކްލަބްގެ ދެން އޮތް ލެވަލްގެ ޑިވެލޮޕްމަންޓްގެ ކަންކަން، މީގެ ކުރިން މި ކްލަބަށް މާ ބޮޑަށް އިންޑިވިޖުއަލުުންނަށް ބަލައިގެން ކަންކަން ކުރެވިފައި ހުރީ. އެކަމަކު، މިހާރު ޓީމު އެކުގައި ޑިވެލޮޮޕްވެވޭނެ ކަންކަމަށް ފޯކަސް ހުރީ، މިސާލަކަށް ޓީމުގެ ޓްރެއިނިން ސެންޓަރު،" އެމްބާޕޭ ނެތުމުގެ ވާހަކަ ނޫސްވެރިއަކު އެހުމުން، ދިން ޖަވާބުގައި ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ކުޅުންތެރިން ހޯދުމާއި ޓީމު އެކުގައި ޑިވެލޮޕްކުރުމަށް، ޕީއެސްޖީގެ ޑިރެކްޓަރު، ލުއިސް އޮކަމްޕޯސް އާއި ކޯޗު، ލުއިސް އެންރީކޭ އެކުއެކީގައި ކުރާ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.