Advertisement

ޝައިމް، ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑް މުގުރާލައިފި

7 ސެޕްޓެންބަރު 2024 - 11:09 0


ޝައިމް، ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑް މުގުރާލައިފި

7 ސެޕްޓެންބަރު 2024 - 11:09 0

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް، އައްޑޫ އެތުލެޓިކްސް ޓީމުގެ އައިޝަތު ޝައިމް އަޒީޒް ދެ، އަހަރަށް ފަހު، ގައުމީ އަންހެން ލޯންގް ޖަމްޕްގެ ރެކޯޑް މުގުރާލައިފި އެވެ.

ޝައިމް، ރެކޯޑް މުގުރާލީ، 5.20 ދުރަށް ފުންމައިގެންނެވެ. އެ އިވެންޓްގައި ދެ ވަނަ އަށް ދިިޔަ، ޝަރީފް ސްޕޯޓްސްގެ ރިފާ މުހައްމަދު ފުންމީ، 4.88 މީޓަރަށެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ސަބާ ސަލީމް ފުންމާފައިވަނީ، 4.64 މީޓަރަށެވެ.

މީގެ ދެ އަހަރު ކުރިން، ގައުމީ ގްރޯން ޕްރީ އިވެންޓްގައި، މަރިޔަމް ރޫޔާ އަލީ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް ހެދީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުއްމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.

ޝައިމް ވަނީ މިދިޔަ އަހަރުގެ، އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް، ހައި ޖަމްޕްގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އެއީ، 27 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ.

އެ ފަހަރު، ޝައިމް ވަނީ، ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑް ވެސް މުގުރާލަން ބޭނުން ކަމަށް ބުނެފަ އެވެ. އޭނާ މި ވަނީ މި ފަަހަރުގެ ގައުމީ މުބާރާތުގައި އެކަން ހާސިލްކޮށްފަ އެވެ.