Advertisement

ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން, ގާނޫނު ބަދަލުކުރަނީ

6 ސެޕްޓެންބަރު 2024 - 15:42 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި މަރުވި ޒުވާނާ ދުއްވި ސައިކަލް. ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހިނގި އެ އެކްސިޑެންޓްގައި ހިމެނޭ ކާރުގެ ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފައި. ފޮޓޯ:އަދަދު


ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން, ގާނޫނު ބަދަލުކުރަނީ

6 ސެޕްޓެންބަރު 2024 - 15:42 1

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޓަކައި ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލުތައް ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި އެވެ. އެ އެެކްސިޑެންޓްގައި މަރުވީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.

އެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެންމެންގެ ވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ. ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމަށް ހަދަން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި،" އެކްސްގައި ރައީސް ވިދާޅުވި އެވެ.

ރޭގެ އެކްސިޑެންޓްގައި މަރުވި ސަމާހަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާ ކުރެއްވުމާ އެކު އޭނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވެސް ވިދާޅުވި އެވެ.