Advertisement

ހުލާސާކޮށް އިއްޔެ: އިންވެސްޓަރުން ރާއްޖޭގެ ސުކޫކާ ދުރަށް

5 ސެޕްޓެންބަރު 2024 - 06:25 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: އިންވެސްޓަރުން ރާއްޖޭގެ ސުކޫކާ ދުރަށް

5 ސެޕްޓެންބަރު 2024 - 06:25 0

ފިޗު ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުން އިންވެސްޓަރުން އަތްދޫކޮށްލައި، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރު ބޮޑުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މާލީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބްލޫމްބާގާއި ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދަނީ ޑޮލަރަކަށް 66 ސެންޓު ރޭޓުގަ އެވެ. މި ސުކޫކު އޮގަސްޓު މަހުގައި ޓްރޭޑު ކުރަމުން ދިޔައީ 80 ސެންޓުން މަތީގަ އެވެ.

އިންވެސްޓަރުންގެ އިތުބާރު ގެއްލި މި މަހުގެ ތެރޭގައި މި ވަރަށް ސުކޫކުގެ އަގު ވެއްޓުމާ ގުޅިގެން މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކު ކަމަށް، ބްލޫމްބާގުގެ އިމާޖިން މާކެޓްސް ސޮވަރިން ޓޯޓަލް ރިޓާން އިންޑެކްސްއާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.

ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިއީ ފިޗުން ރާއްޖޭގެ ރޭޓިން ދެ މަސް ދުވަހުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ. އަދި މިހާ ކައިރިކައިރީގައި ރޭޓިން ޑައުންގްރޭޑެއް ގެނައި ފުރަތަމަ ފަހަރެވެ.

މުހިއްމު ބައެއް ހަބަރު