4 ސެޕްޓެންބަރު 2024 - 07:54 2
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށްފަހު މިއަދު ރައީސްގެ ދެކަނބަލުން ޖަލީސުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ޕީއެސްއެމް ލައިވް
4 ސެޕްޓެންބަރު 2024 - 07:54 2
މިއަދު އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލުމަށްފަހު ރައީސްގެ ދެ ކަނބަލުންނާ ޖަލީސުން ސަލާމް ކުރަމުންދިޔަ ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އާ ބައެއް ފިރިހެނުން ސަލާމް ނުކުރެއްވުމުން ދެރަވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށް އުފާވި ކަމަށެވެ. ނަމަވެސް ޖަލްސާއަށް ވަޑައިގެންނެވި ގިނަ ފިރިހެނުން ސާޖިދާ އާ ސަލާމް ނުކުރެއްވުމުން ވަރަށް ދެރަވެވަޑައިގެން ކަމަށް މައުމޫން ވިދާޅުވި އެވެ.
"ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށް އުފާވި، ހަމަ އެއާއެކު ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވި ތަން ފެނުމުން ވަރަށް ދެރަވި،" މައުމޫންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު އޮތް ޖަލްސާއަށް ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ޖަލްސާއަށްފަހު ރައީސްގެ ދެ ކަނބަލުންނާ ސަލާމް ކުރެއްވި އެވެ. ނަމަވެސް އޭގެތެރެއިން މަދު ބަޔަކު ނޫނީ ސާޖިދާ އާ ސަލާމެއް ނުކުރައްވަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު އުޅުއްވި ދުވަސްވަރު ވެސް ސަޕޯޓަރުންނާ ބައްދަލުވާއިރު، ސާޖިދާ ސަލާމް ނުކުރައްވާ ވާހަކަތައް ދެކެވުނެވެ. އެ ވާހަތަކަށް ރައްދު ދީ، އެކަމަނާ ސަލާމް ނުކުރައްވަނީ ހަމައެކަނި ހިލޭ ފިރިހެނުންނާ ކަމަށް ޕީއެންސީގެ ބައެއް ސަޕޯޓަރުން އޭރު ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތު ނޫނަސް ބައެއް އެހެން ޖަލްސާތަކާއި ރަސްމިއްޔާތުތަކަށް ވަޑައިގަންނަވާ ފިރިހެން ބޭފުޅުން ސަޖިދާ އާ ސަލާމެއް ނުކުރައްވަ އެވެ.
50.00%
25.00%
0.00%
25.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ްައަބްޑޫޅް +
6 months ago
ގައްޔޫންބެ ނަމަވެސް، ތެދެއް ބުނެފިއްޔާ ވާނީ ތެދަކަށް. މިހާ ތަނަށް އަހުރެން ހިޔެއް ނުކުރަން، ގައްޔޫންބެ އަށް ތާއީދު ކުރަން ޖެހޭނެ ހާލަތެއް އަންނާނެ ކަމަކަށް.
އުޅަނބޮށި
6 months ago
މައުމޫނޫ... ތިބާއަށް ތިޔަ ވަނީ އަޅެ ކިހިނެއްތަ މިހާރު؟ ފޮޓޯގަ އިން ފުލުސް މީހާ ފަދައިން އިހުތިރާމާއެކު މޭގައި އަތްޖައްސާލުމަކީވެސް ދިވެހި ވަންތަ ކަމެކޭ. ކިހާ ސަޅިތަ؟
Comment