Advertisement

މާކަނޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

4 ސެޕްޓެންބަރު 2024 - 12:50 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ކަނޑު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މުއާހަދާގައި އެއްބަސްވުމުގައި ސޮއިކުރަނީ---ފޮޓޯ: ސޯޝަލް މީޑިއާ


މާކަނޑު ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

4 ސެޕްޓެންބަރު 2024 - 12:50 0

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުތައް ބޭނުން ކުރުމަށް މަގުފަހި ކުރުމަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރިކަން އަންގާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު "އެކްސް" ގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއަރައިގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ކަނޑު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް. އަޅުގަނޑުމެންގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތަކަށް ކުރިއެރުން ލިބޭނެ ކަމަކަށް މި އެއްބަސްވުން ވެގެންދާނެ،" ޒަމީރުގެ ޕޯސްޓުގައިވެ އެވެ.

ގައުމީ އިހުތިސާސުން ބޭރުގައިވާ ތަފާތު ކަނޑުގެ ޖަނަވާރުތަކުގެ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މި އެއްބަސްވުމުގެ ދަށުން ގަވާއިދުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމު ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރި އެންމެ މުހިންމު މަސައްކަތެވެ. އަދި މިފަދަ މުއާހަދާއެއްގައި ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުންދެކެ އެވެ.

އެ މުއާހަދާގައި ސޮއިކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ނިންމެވުމަށްފަހު އެވެ. ނަމަވެސް މި ސަރުކާރުން އައުމަށްފަހު ވެސް ކެބިނެޓުގައި މި ކަރުދާހާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ރުހުން ހޯދުމަށް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.